Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިފެންސް އެކްޝަން ޕްލޭން

އުތުރު ތިލަފަޅުގެ މަޝްރޫއު މުހިއްމުވަނީ ކީއްވެ؟

މި މަޝްރޫއުގެ އެއްބަސްވުން ގާއިމުކުރީ ރައީސް ޔާމީނުގެ ދައުރުގައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2021 | ހޮނިހިރު 11:28
ސަފީރު އަހުމަދު މުހައްމަދާއި ފޮރިން ސެކްރެޓަރީ ޖައިޝަންކަރު 2016 ވަނަ އަހަރު ދެ ގައުމުގެ ވެރިންގެ ހާޒިރުގައި ހަ އެއްބަސްވުމެއް ބަދަލު ކުރައްވަނީ

ސަފީރު އަހުމަދު މުހައްމަދާއި ފޮރިން ސެކްރެޓަރީ ޖައިޝަންކަރު 2016 ވަނަ އަހަރު ދެ ގައުމުގެ ވެރިންގެ ހާޒިރުގައި ހަ އެއްބަސްވުމެއް ބަދަލު ކުރައްވަނީ

އިންޑިޔާއާއި ދިވެހިރާއްޖޭގެ އަސްކަރީ އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ފުޅާ އެއްބަސްވުމަކީ ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދަނަކަން އިތުރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމެވެ.

މިއީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް އަބްދު ﷲ ޔާމީނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ އުމްރާނީ ތަރައްގީގެ ބައިގައި އުތުރު ތިލަފަޅުގެ މެރިޓައިމް ޑޮކްޔާޑު ގާއިމުކުރުމަށް ދެ ގައުމުން އެކުގައި މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

ކޯސްޓް ގާޑަކީ ދިވެހިރާއްޖޭގެ މެރިޓައިމް ޒޯނާއި ވަސީލަތްތަކުގެ ސަލާމަތްކަން ކަށަވަރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ. މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މެރިޓައިމް ޑޮކްޔާޑެއް ނެތުމަކީ ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުމެވެ. ކޯސްޓްގާޑަކީ އެމްއެންޑީއެފްގެ ނޭވަލް އެލެމެންޓުގެ ގޮތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި މަސްވެރިކަމުގެ ޒޯނުތަކާއި އިންޓަރނޭޝަނަލް ޝިޕިން ލޭންތަކާއި ދިވެހި ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ މުއާސަލާތީ ލޭނުތައް ހިމާޔަތްކުރާ ފަރާތެވެ.

މެރިޓައިމް ފަޔަރ ފައިޓިންގ، ސަރޗް އެންޑް ރެސްކިއު، އަދި ޑައިވްކޮށްގެން ރެސްކިއު އޮޕްރޭޝަންތައް ހިނގުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކޯސްޓްގާޑުންނެވެ. މީގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކުވުމުގެ ހާދިސާތައް މެނޭޖުކުރުމާއި ޕޯޓުތަކާއި މެރީނާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް ކޯސްޓްގާޑް ޒިންމާތަކެކެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން ގާނޫނާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި، އިންސާނީ ވަގުފާރިކުރުމުގައި ބައިވެރިވާ ބައިނަލްއަގުވާމީ ކުށުގެ ނެޓްވޯކްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި، ހަތިޔާރުގެ އެތެރެކުރުމާއި ވިޔަފާރިކުރުން ފަދަ އެހެނިހެން ކުށްތައް ހުއްޓުވުމަށްވެސް ދިވެހިން ބަރޯސާކުރަނީ ކޯސްޓް ގާޑަށެވެ.

މި އެއްބަސްވުމާ ހަމަޔަށް ވާސިލްވުމުގެ ފެށުމަކީ 2013 ވަނަ އަހަރުގެ އެޕްރީލްގައި ދިވެހިރާއްޖޭގެ އޭރުގެ ދިފާއީ ވަޒީރު ކާނަލް ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއްގެ ބޭނުމަށް އަލިއަޅުވާލައްވައި އެކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކެވެ. އޭގެފަހުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުނު 5 ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި އުތުރު ތިލަފަޅު ޑޮކްޔާޑުގެ މަޝްވަރާތައް ވަނީ ހުށަހަޅާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ދިވެހިރާއްޖޭގެ އޭރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އޭރު އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ.

މިނިސްޓަރުންނާއި ތަޖުރިބާކާރުންގެ މި ބައްދަލުވުމަށްފަހު 2016 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބޭއްވުނު ޖޮއިންޓް ސްޓާފް ޓޯކްސްގައިވެސް މި މަޝްރޫއުގެ ވާހަކަ ވަނީ ހިމެނިފައެވެ. ހަމަ އެއަހަރުގެ ޖުލައި މަހު މާލޭގައި ބޭއްވުނު ފުރަތަމަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގައިވެސް މި މަޝްރޫއު ހިމެނިފައިވެއެވެ. ނިއުދިއްލީގައި 2017 ވަނަ އަހަރުގެ މޭ މަހު ބޭއްވުނު ދެވަނަ ޖޮއިންޓް ސްޓާފް ޓޯކްގައިވެސް މި މަޝްރޫއުގެ ވާހަކަ ހިމެނިފައިވެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ޖޫން މަހު މާލޭގައި ބޭއްވުނު ތިންވަނަ ޖޮއިންޓް ސްޓާފް ޓޯކްގެ 4 ވަނަ ފޮލޯއަޕް ޕޮއިންޓުގައިވެސް މި މަޝްރޫއުގެ ވާހަކަ ހިމެނިފައިވެއެވެ. ރައީސް ޔާމީނުގެ ދައުރު ނިމުމަށްފަހު މިހާރުގެ ސަރުކާރު ވެރިކަމަށް އައިފަހުން 2019 ވަނަ އަހަރުގެ ޖޫން މަހު ނިއުދިއްލީގައި ބޭއްވުނު ހަތަރުވަނަ ޖޮއިންޓް ސްޓާފް ޓޯކްގެ 19 ވަނަ ޕެރެގްރާފުގައިވެސް މި މަޝްރޫއުގެ ވާހަކަ ހިމެނިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިއުދިއްލީގައި ބޭއްވުނު ދެވަނަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގެ 4 ވަނަ ޕެރެގުރާފުގައިވެސް މި މަޝްރޫއު ހިމެނިފައިވެއެވެ.

އުތުރު ތިލަފަޅުގެ "ސިފަވަރު" މަޝްރޫއުގެ ތަފްސީލް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ޑޮކްޔާޑަކީ ކުރިންވެސް ދެންނެވުނު ފަދައިން 2016 ވަނަ އަހަރު ރައީސް ޔާމީނުގެ ދައުރުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވައިލި "ޑިފެންސް އެކްޝަން ޕްލޭން"ގެ ދަށުން ގާއިމުކުރާ ބަނދަރެކެވެ. މިހާތަނަށް މިކަހަލަ ތަނެއް ގާއިމްވެފައި ނެތުމުގެ އުނިކަމާއި ގެއްލުން ދިވެހިރާއްޖެއަށް ނުހަނު ބޮޑެވެ. ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން މިފަދަ ބަނދަރެއް ތަރައްގީކުރުމުގެ މަޝްވަރާތައް 2013 ވަނަ އަހަރުން ފެށިގެން ވަނީ އެކި މަރުހަލާތަކުގައި ކުރިއަށް ގެންގޮސްފައެވެ. މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާނީ މި ކަމަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ގުޅިގެން އެކުލަވާލާފައިވާ "ޖޮއިންޓް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮމިޓީ" (ޖޭޕީއެމްސީ)ގެ ބެލުމުގެ ދަށުންނެވެ. އަދި މި މަޝްރޫއުގެ ދަށުން ޑޮކްޔާޑް/ބަނދަރު ތަރައްގީކޮށް ނިމުމުން އެތަނާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓާނީ އެކަމަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ގުޅިގެން އެކުލަވާލާ "ސަޕޯޓް އެންޑް މެއިންޓެނެންސް ވަރކިން ގްރޫޕް" އަކުންނެވެ.

މި ޑޮކްޔާޑް/ބަނދަރުގައި ތަރައްގީކުރާ އެންމެހައި ވަސީލަތްތަކަކީ ހަމައެކަނި ދިވެހި ސަރުކާރުގެ މިލްކިއްޔާތެކެވެ. އެހެން ބައެއްގެ ހައްގެއް ނޫނެވެ. ސަރވިސްކުރުމާއި މެއިންޓެނަންސް އަދި ފަންނީ އެހީތެރިކަން މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިންޑިޔާއިން ފޯރުކޮށްދޭނެއެވެ. އިންޑިއާގެ ފަންނީ މާހިރުން ތިބެގެން ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި ޑޮކްޔާޑް/ބަނދަރުގައި ގާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް ބެލެހެއްޓުމާއި މެނޭޖްކުރުމުގެ މަސައްކަތުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް ހަރަކާތްތެރިވާނެއެވެ.

އުތުރު ތިލަފަޅުގެ މަޝްރޫއު ނުވަތަ ޔޫޓީއެފްއާ މެދު ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފު މިއަދު ރާއްޖެ އެމްވީއަށް ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި މި މަޝްރޫއު އިންޑިޔާގެ އެހީގައި ހިންގުމާބެހޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ. މިއީ ޗައިނާ އާއި އިންޑިޔާގެ ޝައުގުވެރިކަންވެސް ހުރި މަޝްރޫއެއް ކަމުގައެވެ. މަޝްވަރާތައް އެހާބޮޑަށް ދިގުދެމިގެން ދިޔައީ އެހެންވެގެންކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު