Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފް މައްސަލަ

ފިއްލަވައިގެން އުޅުއްވާ ނަވާޒް ޝަރީފުގެ ޕާސްޕޯޓު އައުކޮށް ނުދޭނެ ކަމަށް ޕާކިސްތާނުން ބުނެފި

19 ފެބުރުއަރީ 2021 | ހުކުރު 16:18

ބޭސްފަރުވާ ހޯއްދެވުމުގެ ނަމުގައި ނަވާޒް ޝަރީފު ހުންނެވީ އިނގިރޭސިވިލާތުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 19 ފެބުރުއަރީ 2021 | ހުކުރު 16:18
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު

ބޭސްފަރުވާ ހޯއްދެވުމުގެ ނަމުގައި އިނގިރޭސިވިލާތަށް ވަޑައިގެން އެތާގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ޕާސްޕޯޓު އައުކޮށްނުދޭނޭ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފިއެވެ.

މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުން މިހެން ބުނެފައި މިވަނީ ހުސްވި ހަފުތާގެ އަންގާރަދުވަހު ނަވާޒް ޝަރީފުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ދާޚިލީ ވަޒީރު ޝައިޚު ރާޝިދު ވިދާޅުވީ ޖަލު ހުކުމެއްގެ ތެރެއިން ބޭސް ފަރުވާޔަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ސަރުކާރުން ދިނުމުން ނަވާޒް ވަނީ ފިއްލަވާފައި ކަމަށެވެ. ކޯޓުން އެންގުމުންވެސް އެނބުރި ގައުމަށް ވަޑައިގެންފައިނުވާ ކަމަށެވެ.

ޝައިޚު ރާޝިދު އިތުރަށް ވިދާޅުވީ ޕާސްޕޯޓު އައުކޮށް ނުދިނަސް ނަވާޒް ޝަރީފު އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެކަމަށް އެދިވަޑައިގަތުމުން ޚާއްސަ ލިޔުމެއް ދޫކުރާނޭ ކަމުގައެވެ. އެއްވެސް މީހަކު ގައުމަށް އެނބުރި އައުން ނުހުއްޓުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ ނަވާޒް ޝަރީފު ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އޭނާގެ ޑޮކްޓަރުންނާއި ވަކީލުން އެދިގެން ކޯޓު އަމުރެއްގެ ދަށުން ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ. އެކަމަކު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަންޑަނަށް ވަޑައިގެންނެވި ގޮތަށް ބޭސްފަރުވާ ނިމުމަށްފަހުވެސް ނަވާޒް ޝަރީފު އެނބުރި ޕާކިސްތާނަށް ވަޑައިނުގެންނެވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ނަވާޒް ޝަރީފުގެ ޕާސްޕޯޓު ދޫކުރީ ކޯޓުން އަމުރު ކުރުމުން ކަމަށާއި އެކަމަކު ކޯޓާއި ޕާކިސްތާނުގެ ރައްޔިތުންނަށްވެސް ނަވާޒް ޝަރީފު ހެއްދެވީ އިތުރުފުޅު ކަމުގައެވެ. ޕާކިސްތާނުން ލިބެން ނެތް ފަރުވާއެއް ހޯއްދަވަން ޖެހޭކަމަށް ސާބިތުކޮށްދެއްވަން ހެއްދެވީ މުޅިން އިތުރުފުޅު ކަމަށާއި ނަވާޒް ޝަރީފުގެ ގަސްތަކީ ފިއްލެވުންކަން އެންމެނަށްވެސް މިހާރު އެބައެނގޭ ކަމަށް ޝައިޚު ރާޝިދު ވިދާޅުވިއެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ކުރެވުނު ދައުވާތަކާއި ގުޅިގެން ނަވާޒް ޝަރީފާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ޕާސްޕޯޓް ހިފެހެއްޓުނެވެ. މީގެތެރެއިން މަރިޔަމް ނަވާޒްގެ މައްޗަށް އިއްވުނު ޖަލުގެ ހުކުމް ހައިކޯޓުން ވަނީ ސަސްޕެންޑްކޮށްފައެވެ. ނަވާޒް ޝަރީފުގެ މައްޗަށް 2018 ވަނަ އަހަރު އިއްވުނު ދިހަ އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމިއެބައޮތެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ

11 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
11 މެއި 2017

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

11 މެއި 2017
ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް