Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސްގެ އައު އިމާރާތް ބިޑް ކުރި މައްސަލަ

ޑިފެންސްގެ އައު އިމާރާތާ ގުޅިގެން އެސް.ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި މައްސަލައިގައި، އަލުން ބިޑް އެވޯޑުކުރުމަށް އަމުރުކުރާނެ ތަނެއް ނެތް: ސިވިލް ކޯޓު

15 ފެބުރުއަރީ 2021 | ހޯމަ 06:03

ބިޑް އެވޯޑުކުރުމުގެ މަރުޙަލާގައި އުފެދިފައިވާ ކަމަކަށް ޙައްލު ހޯދަން އެދިފައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2021 | ހޯމަ 06:03
ސިވިލް ކޯޓު،

ސިވިލް ކޯޓު،

ޑިފެންސް މިނިސްޓްރީގެ އައު އިމާރާތާ ގުޅިގެން އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބީލަން ބާތިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި، އަލުން ބިޑް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފިއެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ބިޑް ޑޮކިއުމަންޓްގައި ނެތް އަދި ބީލަންތައް ހުޅުވުނު ތާރީޚަށްފަހު ފާސްކޮށްފައިވާ އުސޫލަކަށް ރިއާޔަތްކޮށް ދައުވާކުރާ ފަރާތުގެ ބީލަން ބާތިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެ ނިންމުން ބާތިލްކުރުމަށާއި، މިނިސްޓްރީ އޮފް ފިނޭންސްގެ އިޢުލާނާގުޅިގެން ހުށަހެޅިފައިވާ ބީލަންތައް އިވެލުއޭޓްކުރަންވާނީ ހަމައެކަނި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމުގެ މައްޗަށްކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން ބީލަންތައް އިވެލުއޭޓްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މާޒީއަށް ގާނޫނު ނުހިނގާނެކަމަށް ބަޔާންކުރާ ހަމައާ ޚިލާފަށްކަމަށާއި، ދައުވާކުރާ ފަރާތުން އެދިފައިވަނީ ދައުވާކުރާ ފަރާތުގެ ބީލަން ވެސް ހިމަނައިގެން، ބީލަން ހުށަހެޅުމަށް ދިން ދައުވަތާއި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމަށް ރިއާޔަތްކޮށް، ހުށަހެޅިފައިވާ އެންމެހައި ބީލަންތައް އިވެލުއޭޓްކުރުމަށާއި، ބިޑް އެވޯޑުކުރުމަށް އަމުރުކޮށް ދެއްވުމަށް ކަމަށެވެ.

ދައުލަތުން ފާހަގަކުރި މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ ބިޑް އިވެލުއޭޓްކުރުމާއި އެވޯޑްކުރުމަކީ ދެ މަރުހަލާއެއްކަމާއި، އެވޯޑުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން 1 އެޕްރީލް 2020 ގެ އުސޫލުގައި ބަޔާންކޮށްފައިވާކަމާއި ނޭޝަނަލް ޓެންޑަރ ބޯޑުން ބިޑް އެވޯޑުކުރެވޭނީ ސަރުކާރުގެ ސިޔާސަތާއި އޭރު އަމަލުކުރަން ފެށި އުޞޫލާ އެއްގޮތަށްކަމާއި، އެވޯޑުކުރުމުގައި އެ ފަރާތުގެ ބީލަން ބައިވެރިކޮށްފައިނުވަނީ 1 އެޕްރީލް 2020 ގެ އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން، ބީލަން ހުށަހެޅި ދުވަހާ ހަމައަށް، އެ ފަރާތަށް ލިބުނު ދައުލަތުގެ މަޝްރޫއުތަކުގެ އަދަދު 8 ށް ވުރެ އިތުރުވެ، މަސައްކަތުގެ އަގު 300 މިލިއަން ރުފިޔާއަށްވުރެ އިތުރުވާތީ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ބަދަލުނުކުރާ ކަމާއި، ބިޑް އިވެލުއޭޓް ކޮށް، ބިޑް އެވޯޑްކުރުމުގެ މަރުޙަލާގައި އުސޫލަށް ރިއާޔަތްކޮށް، ބިޑް އެވޯޑުކުރުމުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ ބިޑް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ ބަދަލުކުރުން ނޫންކަން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާގައި ބިޑް އެވޯޑުކުރުމުގެ މަރުޙަލާގައި އުފެދިފައިވާ ކަމަކަށް ޙައްލު ހޯދަން އެދިފައި ނެތްކަމާއި، މި މައްސަލާގައި ޝަރީއަތަށް އައުމުގެ ކުރިން މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހޭ އިރު، އެ މަރުހަލާތަކުގައި ބިޑު އެވޯޑުކުރުމާ ގުޅޭގޮތުން ޚިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ދައުވާފޯމު ބިނާކޮށްފައިވަނީ ބިޑު އިވެލުއޭޓްކުރުމުގައި ހައްލު ހޯދުމުގެ މައްޗަށްކަމާއި، ވުމާއެކު ބިޑު އެވޯޑުކުރުމާގުޅޭ ނުކުތާއަކީ މި މައްސަލައިގައި އެކަމާމެދު ނިންމުމެއް ނިންމަންޖެހޭ ނުކުތާއެއްކަމުގައި ނުދެކޭ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ދައުވާކުރާ ފަރާތުގެ ބީލަން ހިމަނައިގެން، ބީލަންތައް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަންގާ އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް