Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ހާލަތު

ރާއްޖޭގެ ޢާންމު ޙާލަތު ހިފެހެއްޓުން

ސަރުކާރުގެ އާމްދަނީއަށް ބަލާފައި ހަރަދުތައް ހަމަޖައްސާ

އެޑްމިން
އެޑްމިން, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2021 | އާދީއްތަ 13:20
މާލޭގެ މަގުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ

މާލޭގެ މަގުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ

ދިމާވާ ކަމަކުން ވަކި ފަރުދެއް ނުވަތަ އާއިލާއެއް ނޫނީ ރަށަކަށް ބޮޑުދައްޗެއް ނޫނީ ތަކުލީފެއް ކުރިމަތި ވެދާނެއެވެ. ކުއްލި ހާދިސާއަކުން ނުވަތަ ތޮބީއަތުގެ ހަމައިން ބޮޑެތި ކަންކަން ކުރިމަތިވެއެވެ. ބަލިވެއްޖެ ނަމަ އެންސްޕާ އާއި އާސަންދަ އޮވެއެވެ. މޫސުމީ ހާދިސާއަކުން ފެން ބޮޑުވެ ފުރާޅު އެއްލާލާ ގަސްތައް މުލުން ލައި، ކަނޑު ގަދަވިޔަސް، އެވަގުތު ދިމާވާ ހާދިސާއަކާއި ގުޅިގެން ހާލަތާއި ވަގުތަށް ބަލާއިރު އެކަމަކަށް އެކަށީގެންވާ ހައްލު ފެނެއެވެ. ފުލުހުންނާއި ސިފައިންނާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮވެއެވެ. މެެރިން ޕޮލިހާއި، ކޯސްޓް ގާޑާއި ފަޔަރ އެންޑް ރެސްކިއު އަދި އެމްބިއުލާންސް ސައިރަން އަޅާފައި އާދެއެވެ. އެއްގަމާ ކަނޑާއި ވައިގެ މަގުންވެސް ބޭނުންވާ ޚިދުމަތް އޮއްސާލެވެއެވެ.

ނުވިތާކަށް ދަރުމަ ވެރިންނާއި ޢާންމު ރައްޔިތުން ވެސް ތިބެއެވެ. އަނެއް ފޮތުން ކިޔާނަމަ އައުޓްސޯސް ކޮށްގެން ބަޔަކު ހިންގާ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ޖަރީމާތައްވެސް ފެނެއެވެ. އެއް ސްޓޫޑިއޯ ހުރި ޢިމާރާތް ރޯކޮށް، އަންދާ އަޅިޔަށް ހަދާލިޔަސް، ނުއަނދާ އިމާރާތުން ލައިވް ފެށެއެވެ. އިސާހިތަކު ގިސްލުން ނިމި އިސް އުފުލެއެވެ. ކަރުނަ ހުއްޓި ހިނިތުންވުން ހިނގައިގަނެއެވެ. މިއީ އެއްގޮތް ނެތިއްޔާ އަނެއް ގޮތް އެކަކު ނެތިއްޔާ އަނެކަކު ހުރެގެން ކަން ކަން ނިމި ހަމަޖެހޭ ގޮތެވެ.

އެކަން އެހެން އޮތަސް އެންމެން އެއްހާލަތަކަށް ދިއުމުން ކަންހިނގާ މަގު ތަފާތެވެ. ހުރިހާ އަތަކުން ބަހަން ފެށީމާ ހިފާނެ އަތެކެވެ. ނޯންނަ ފަދައިން، ހުރިހާ އަތެއް ދިއްކުރަން ޖެހުނީމާ ދޭނެ އަތެއް ވެސް ނުމެ އޮންނާނެމެއެވެ. ކޮވިޑް-19 އަކީ މުޅިދުނިޔެ ހާލުގައި ޖެއްސި ހާލަތެކެވެ. އެންމެން މިތިބީ އެހީއަށް އެދިއެދިއެވެ. މިއީ ނާދިރު ހާލަތެކެވެ. އަންދާޒާ ކުރަންވެސް އުނދަގޫ ގޮންޖެހުމެކެވެ. ސަލާމަތުގެ އައްސޭރި އަކަށް ރައްޔިތެއް ގޮވައިގެން މިކަނޑު ހުރަސްކުރުމުގެ މަތިވެރި އަމާނާތަކީ ބޮޑު ކަމެކެވެ. މިހިނދަށް އިރާދަ ކުރައްވާ، މިޒިންމާ މަތިކުރެއްވި ވެރިޔަކު އެބަވެއެވެ.

އެއީ ރައީސް އިބްރާހިމް މުހަންމަދު ޞޯލިޙެވެ. ސަރުކާރަކުންވެސް ޚަރަދު ކުރެވޭނީ ލިބޭ އާމްދަނީއަކުންނެވެ. ޙާލަތުގެ ގޮތުން ދިވެހިންނާއި ދިވެހިރާއްޖެވެސް ފެތިމި އޮތީ މިހިނދަށް މުޅި ދުނިޔެއޮތް ތަނުގައެވެ. އެއްވެސް ކަމެއް މިއަދަކު ފައްސިޔަލެއް ނޫނެވެ. ތެދުބަހުން، ސާފު ޢިބާރާތުން ނަމަ- މިވަގުތު މުޅިދުނިޔެ މިއޮތީ އޮކްސިޖަން ގައެވެ. އިގްތިޞޯދީ ހަރަކާތްތައް މުޅީންހެން ހުއްޓި - އިންޑަސްޓްރީ ތައް ޕާކްކޮށް- ބޯޑަރުތައް ބަންދުވެ، ދަތުރުފަތުރު އެހެލާ - އިންސާނުން ލޮކްޑައުންގައެވެ. މުއްސަނދި ގައުމުތަކާ، ތަރައްޤީވެ ގޮސް ރިޒާވު ލޮލުކޮޅަށް ނުފެންނަ ދައުލަތްތަކާ ބޮޑެތިބާރުތައް ގޮތްހުސްވެފައެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުން ކުރިއަށް ނެރުނު ސިޔާސަތުގެ ނަމްބަރު 1 ، 2 އަދި 3 ގައިވެސް އޮތީ ރައްޔިތުންނެވެ. ކޮވިޑް-19ގެ އުސް އަޑިތައް އައިސް ގޮސްވަމުން ދިޔައިރު ސަރުކާރުން ތަކުރާރުކުރި އެއްވާހަކަ އެއް އޮތެވެ. މިހާލަތުގައި އެންމެ ފުރަތަމަވެސް ދެވަނަ އަށްވެސް އަދި ތިންވަނަ އިސްކަންވެސް ދެއްވާނީ ރައްޔިތުންނަށެވެ. އެއީ އެކަމަށްޓަކާ ގުރުބާން ކުރަންޖެހުނު ކަންކަން ގުރުބާން ކޮށްފައި ވިޔަސް ކަމުގައި ސަރުކާރުން ތަކުރާރު ކުރިއެވެ. ޖީޕީއެސްއަކީ މޮޅު ވަޞީލަތެކެވެ. އޮތްތަނާ ދާންވީ މިސްރާބާ ނުދާންވީ ތަން ބުނެދެވެ. އެހެނެއްކަމަކު ގަދަވަޔާ ކޮޅިގަނޑުގެ ތެރޭގައި އުފެދޭ މާސިންގާ ރާޅުތަކުގެ މަތީގައި ދަތުރުވެރިންގެ ހައްޓާއި ފުރާނައަށް ރައްކާތެރި އަމާން ދަތުރެއް ލިބުން ގުޅިފައި އޮންނަނީ ނެވިމީހާގެ ހުރި ހުނަރަކާ ގާބިލް ކަމެއްގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު