Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ސްރީލަންކާގެ ހާލަތު

ސްރީލަންކާގައި ކޮވިޑްގެ ކޭސްތައް އިތުރުވީ ދަތުރުފަތުރުކުރަން ހުޅުވާލުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި

12 ފެބުރުއަރީ 2021 | ހުކުރު 07:40

އިލްތިމާސްތަކަށް ރައްޔިތުން ބީރުކަންފަތެެއް ދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ފެބުރުއަރީ 2021 | ހުކުރު 07:40
ސްރީލަންކާގައި ރެންޑަމް ސާމްޕަލް ނަގަނީ

ސްރީލަންކާގައި ރެންޑަމް ސާމްޕަލް ނަގަނީ

ސްރީލަންކާގައި ކޮވިޑްގެ ކޭސްތައް އިތުރުވީ ދަތުރުފަތުރުކުރުން ހުޅުވާލުމުން ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ސްރީލަންކާގައި ފާއިތުވެދިޔަ ތިން ދުވަހު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 900އިން މަތީގައި އުޅޭއިރު ކަންބޮޑުވާ މިންވަރަކަށް ޕީސީއާރް ޓެސްޓް ކުރާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

Advertisement - worldAdvertisement

އިކޮނޮމީނެކްސްޓްއަށް ދެއްވި އިންޓަވިއުއެއްގައި ސްރީލަންކާގެ ހެލްތް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ހެމަންތާ ހެރަތް ވިދާޅުވީ ޑިސެމްބަރު މަހުގެ ޗުއްޓީ އާއި އައު އަހަރުގެ ފުރަތަމަ މަހު ދަތުރުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ކޭސްތައް އިތުރުވާން ދިމާވި އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ހެމަންތާ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި ކަމަށާއި އެހެންނަމަވެސް އެ އިލްތިމާސްތަކަށް ރައްޔިތުން ބީރުކަންފަތެެއް ދިނުމުގެ ސަބަބުން މިހާރު ވައިރަސް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ޑރ. ހެމަންތާ އިތުރަށް ވިދާޅުވީ ޕީސީއާރް ޓެސްޓްގެ ކަންތައްތައް ވެސް އެންމެ އެކަށީގެންވާ މިންވަރަށް ކުރިއަށް ނުދާ ކަމަށާއި ބައެއް ޓެސްޓްތަކުގެ ނަތީޖާ ނުލިބިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ލަންކާގައި 963 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން ޖުމްލަ 72،174 މީހަކު ވަނީ އެ ޤައުމުން ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

ސްރީލަންކާގައި ކޭސްތައް އިތުރުވަމުން އަންނައިރު ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކަމާއެކު ކުރިއަށްދެއެވެ. އެގޮތުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ 7،500 ސިފައިންނަށް ވެކްސިން ވަނީ ދީފައެވެ.

ލަންކާގައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ދެމުން ދާއިރު އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ފަސްލައްކަ ޑޯޒް ލަންކާއަށް ފޮނުވާފައެވެ.

ކޮވިޝީލްޑް ވެކްސިން އުފައްދާފައި ވަނީ ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އިންޑިއާގެ ސިރަމް ކުންފުނިންނެވެ. އެ ކުންފުނިން އުފެއްދި ކޮވިޝީލްޑް ވެކްސިން އަކީ ދުނިޔޭގެ އެންމެ ބޮޑު ދިރާސާކުރާ އެއް ޔުނިވަރސިޓީ ކަމުގައިވާ އޮކްސްފޯޑް ޔުނިވަރސިޓީ އާއި ވެކްސިން އުފެއްދުމުގެ ރޭހުގައި ކުރިއަރާފައިވާ އެސްޓްރަޒެނެކާއިން އުފެއްދި ވެކްސިން (AZD1222) ގެ ފޯމިއުލާއަކީ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގައި ބޭނުންކޮށްފައިވާ ފޯމިއުލާއިން ހަދާފައިވާ ވެކްސިންއެކެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2020

ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500ށް ވުރެ މައްޗަށް އަރައިފި

27 އެޕްރީލު 2020
ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500ށް ވުރެ މައްޗަށް އަރައިފި
09 އެޕްރީލު 2020

ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ

09 އެޕްރީލު 2020
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ
31 މާރިޗު 2020

ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 142 އަށް އަރައިފި

31 މާރިޗު 2020
ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 142 އަށް އަރައިފި
21 މާރިޗު 2020

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

21 މާރިޗު 2020
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް
19 މާރިޗު 2020

ކޮވިޑް-19: ސްރީލަންކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 53 އަށް، އޮބްޒަރވޭޝަންގައި 243 މީހުން

19 މާރިޗު 2020
ކޮވިޑް-19: ސްރީލަންކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 53 އަށް، އޮބްޒަރވޭޝަންގައި 243 މީހުން
17 ސެޕްޓެމްބަރު 2019

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ސްރީލަންކާގައި

17 ސެޕްޓެމްބަރު 2019
ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ސްރީލަންކާގައި
16 އެޕްރީލު 2019

މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ

16 އެޕްރީލު 2019
މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ
06 މާރިޗު 2018

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް