Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮކިއުމަންޓް އުސޫލު

5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕްރޮކިއުމަންޓުތަކުގެ ތެރެއިން ފިނޭންސުން އެންމެ ބޮޑު ޚަރަދެއްކުރީ ގޮނޑި ގަންނަން

12 ފެބުރުއަރީ 2021 | ހުކުރު 02:01

ކޮފީ އަދި ހިކި ކިރުގެ ޕްރޮކިއުމަންޓަށް 23913 ރުފިޔާ ވަނީ ޚަރަދުކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 ފެބުރުއަރީ 2021 | ހުކުރު 02:01
ފިނޭންސް މިނިސްޓްރީގެ ބޯޑް

ފިނޭންސް މިނިސްޓްރީގެ ބޯޑް

5 މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ޕްރޮކިއުމަންޓުތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީއިން އެންމެ ބޮޑު ޚަރަދެއްކުރީ އޮފީސް ގޮނޑިގަންނަންކަމަށް ފިނޭންސް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ ޖަނަވަރީ މަހު ދައުލަތުގެ އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތުތައް އެ މިނިސްޓްރީން އާއްމުކޮށްފައިވާ ސަރކިއުލާގައިވާ ގޮތުގެމަތިން ހާމަކުރުމަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް ހަނދާންކޮށްދީފައެވެ. މިކަން އަންގާ ކުރި ޓުވީޓެއްގައި ފިނޭންސް މިނިސްޓްރީއިން ވަނީ 5 މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ޕްރޮކިއުމަންޓުތަކަށް ޖަނަވަރީމަހު 256898.42 (ދެލައްކަ ފަންސާސް ހަ ހާސް އައްސަތޭކަ ނުވަދިހަ އަށް ރުޔިޔާ ސާޅީސް ދެލާރި) ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މި ފައިސާ ޚަރަދުކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީގެ 6 ޕްރޮކިއުމެންޓަކަށްކަމަށް އެ މިނިސްޓްރީއިން ވަނީ ތަފްޞީލުކޮށްދީފައެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީއިން ކުރި ޓުވީޓާއެކު އެޓޭޗްކޮށްފައިވާ އިއުލާނުގައި ފިނޭންސް މިނިސްޓްރީގެ މިދިޔަ މަހުގެ ޕްރޮކިއުމަންޓްގެ މަޝްރޫޢުތަކުގެ ތަފްސީލުވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި މަޝްރޫޢުތަަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެެއް ކޮށްފައިވަނީ އޮފީހަށް ބޭނުންވާ 50 ގޮނޑި ގަންނަންކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުން ހާމަވެއެވެ. އެގޮތުން މި މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމާގޮތައް ލައިނޭޖް ޕްރައިވެޓް ލިމިޓެޑާ 152110ރ. (އެއްލައްކަ ފަންސާސް ދެހާސް ސަތޭކަ ދިހަ)ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޖަނަވަރީ 3ވަނަ ދުވަހުއެވެ. މީގެ އިތުރުން ބްލޫމްބަރރގް ޓަރމިނަލް ސަބްސްކްރިޕްޝަން އަހަރީ ފީގެ ގޮތުގައި 26825.42 (ސައްބީސް ހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ދެލާރި) ރުފިޔާއާއި، ސެނިޓައިޒަރ ފުޅިގަންނަން 23،850 (ތޭވީސް ހާސް އަށްސަތޭކަ ފަންސާސް) ރުފިޔާ، އެއް އަހަރުގެ ކޭބަލް ޓީވީގެ ޚިދުމަތަށް ނުވަހާސް ރުފިޔާ، ފޮޓޯ ކޮޕީ މެޝިނެއްގެ ޑްރަމް ޔިނިޓްތަކެއް ގަންނަން 21200 (އެކާވީސް ހާސް ދުއިސައްތަ) ރުފިޔާ، ސަމަން ޓްރޭޑާސްއިން ކޮފީ އަދި ހިކި ކިރުގެ ޕްރޮކިއުމަންޓަށް 23913 (ތޭވީސް ހާސް ނުވަސަތޭކަ ތޭރަ) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

5 މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގެ މައުލޫމާތު ހާމަކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިދިޔަ ޑިސެމްބަރު މަހު އަންގާފައެވެ. މިނިސްޓަރ މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ 9 ޑިސެމްބަރ 2020ގައި ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައެވެ.

ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީއާ ގުޅޭ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި މި ސަރކިއުލަރގައި ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި އާއްމުކުރަންޖެހޭކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްޞަޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ވެސް، ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ފިނޭންސް މިނިސްޓަރ ވަނީ އަންގާފައެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފަނަރަ އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ޚިދުމަތުގެ އަގު ތިރީސް ފަސް ހާސް ދިވެހި ރުފިޔާއަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭގޮތަށް ވެސް ވަނީ ނިންމާފައެވެ.

ސަރުކާރު މުައްސަސާތަކާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުޞޫލުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް މިއަހަރު ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ވަނީ ބުނެފައެވެ. އޭސީ.ސީ.އިން ވަނީ، ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަވެފައިވަނީ މަޝްރޫޢުތަކާއި މަސައްކަތްތައް އެވޯޑްކުރުމުގައި ކްރައިޓީރިއަރތަކާއި އަގުތައް ކުރިއާލާ ވަކި ބަޔަކަށް ހިއްސާކުރުން ނުވަތަ މަސްލަޙަތު ހިމެނޭ ނުވަތަ ގުޅުން އޮންނަ ބަޔަކާއި އެފަދަ މަސައްކަތްތައް ޙަވާލުކުރުންފަދަ މައްސަލަތައްކަމަށް ބުނެފައެވެ. އަދި މާލިއްޔަތު ޤަވާއިދުގައި ކުއްލި ޙާލަތްތަކުގައި ވެސް ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ޙާލަތްތަކުގައި ވެސް ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކުރުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭ.ސީ.ސީއިން ވަނީ ބުނެފައެވެ.

ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކާ ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުން އެދެވޭ ހެޔޮ ބަދަލުތަކެއް ވެސް ފެންނަން ފަށާފައިވާކަން އޭ.ސީ.ސީން ފާހަގަކުރެއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން އަމިއްލައަށް އެދިގެން ވެސް މިފަދަ ކަންކަމާ ގުޅިގެން އިސްލާޙުކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމުގައި އޭ.ސީ.ސީގެ ލަފާ ހޯދަމުންދާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކަންކަން މިހާރަށްވުރެވެސް ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކާއި ޕްރޮކިއުމަންޓާ ގުޅުންހުރި މަސައްކަތްތަކާއި، ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާގުޅުންހުރި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އޭ.ސީ.ސީން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް