Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ލީގު އަލުން ފެށުމުގެ ހުއްދަދިނުމަށް ދަގަނޑޭގެ ހާއްސަ އެދުމެއް

ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 09:11
ކުލަބު ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ކުލަބު ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ދިރާގު ދިވެހި ޕްރިމިއާ ލީގު ހުއްޓާލަން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެދިއްޖެއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. ލީގު މެދުކަނޑާލާފައިވާތާ ހަފުތާއެއްހާ ދުވަސް މިހާރު ވެފައިވާއިރު، ލީގު އަލުން ފަށާނެ ދުވަހެއްވެސް ޔަގީންނުވެ ކޯޗުންނަށް މިހާރު ވަނީ އަނެއްކާވެސް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފައެވެ.

ބުދަ ދުވަހު މަޒާޑާ ކެފޭގައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ފުޓުބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެންމެން އެކަޗެއް ކިޔައި، ކުރަމުން އަންނަ މަސައްކަތަކީ ތާރީފު ހައްގު މަސައްކަތެއް ކަމަށެވެ. އަދި ލީގުގެ ފަރިތަކުރުންތައް ހުއްޓާލާފައި އޮތުމުން ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަކީ އޭނާގެ އެދުމެއް ކަމަށާއި، ސިއްހީ އިދާރާތަކުން އެކަމާ ދޭތެރޭ ވިސްނައި، އެކަމަށް ހައްލެއް ހޯދައިދިނުމަކީ އުންމީދުކުރާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އުންމީދަކީ ފުޓްބޯޅައިގެ ކަންކަން ވީއެންމެ އަވަހަކަށް ފެށޭގޮތްވުން ކަމަށްވެސް ދަނގަޑޭ ބުންޏެވެ.

މީގެ އިތުރުން ދަގަނޑޭ ވަނީ ކޮވިޑާ ދެކޮޅަށް ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މީހުން ކުރަމުން ގެންދާ މަސައްކަތަކީ ތާރީފު ހައްގު މަސައްކަތެއް ކަމަށާއި، އެހެންކަމުން އެ އެންމެނަށް ހާއްސަ ޝުކުރެއްއަދާކޮށްފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ބުނީ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ ކުޅުންތެރިން ކަމަށާއި، ،ކުލބަުތަކަށް ލިބޭ ގެއްލުމުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ. އަދި ކުޅުންތެރިން ވެކްސިން ޖަހައިގެންވިޔަސް، ލީގު ކުޅެން ތައްޔާރަށް ތިބި ކަމަށްވެސް އަކުރަމް ބުންޏެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ބުނީ ދިވެހި ކުޅުންތެރިންނަކީ ފުޓްބޯޅައިން އާމްދަނީ ހޯދައިގެން ކުޅޭ ކުޅުންތެރިން ކަމަށާއި، ލީގު މެދެކެނޑޭ ކޮންމެ ފަހަރަކު ކުޅުންތެރިންނަށް މާލީ ގޮތުން ގެއްލުންވާ ކަމަށެވެ. ހަމައެހެންމެ ކުޅުންތެރިންގެ ފިޓްނަސް ދަށްވެ، ވާދަވެރި މުބާރާތްތަކުގައި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭނެ ކަމަށްވެސް ބެންޖޯ ބުންޏެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މިހާތަނަށް އެޗްޕީއޭގެ ހާއްސަ އުސޫލުތަކަށް ކުލަބުތަކާއި ކުޅުންތެރިން އަމަލުކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ލީގުގެ އެއްވެސް ކުޅުންތެރިއެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. އަދި މިގޮތަށް އެޗްޕީއޭގެ އުސޫލުތަކަށް ބަރާބަރަށް އަމަލުކުރަމުން ދަނިކޮށް ލީގު މެދުކަނޑާލުމަކީ ކުޅުންތެރިންނާއި ކުލަބުތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ބުނީ ފުޓްބޯޅަ އަކީ ކުޅުންތެރިންގެ ވަޒީފާ ކަމަށާއި، ކުޅުންތެރިންނަކީ ފުޓްބޯޅައަށް ހުސްވެ ދިރިއުޅުން ބިނާކުރާ ބައެއް ކަމަށެވެ. އެހެންކަމުން ލީގުގެ ކުޅުން ހުއްޓާލާ ކޮންމެ ފަހަރަކު ކުޅުންތެރިންނަށް މާލީ ގޮތުން ބޮޑު ގެއްލުންތަކެއް ވަމުން އަންނަ ކަމަށްވެސް ބުންޏެވެ،

ކުއްލި ގޮތަކަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދިވެހި ޕްރިމިއާ ލީގަކީ ކުލަބުތަކުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަމުން އަންނަ ލީގެކެވެ. އެހެންކަމުން ވީ އެންމެ އަވަހަށް ލީގުގެ ކުޅުން އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކުލަބުތަކުން އަންނަނީ އާދޭސްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު