Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ލީގު ހުއްޓާލަން ޖެހުނު ސަބަބު ސާފުކޮށްދީފައިނުވާތީ ކޯޗުންގެ ކަންބޮޑުވުން

ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2021 | ބުދަ 13:29
ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުލަބުތަކުގެ ކޯޗުން

ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުލަބުތަކުގެ ކޯޗުން

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމު ސަބަބު ސާފުކޮށްދީފައިނުވާތީ ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ކޯޗުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. ލީގު މެދުކަނޑާލާފައިވާތާ ހަފުތާއެއްހާ ދުވަސް މިހާރު ވެފައިވާއިރު، ލީގު އަލުން ފަށާނެ ދުވަހެއްވެސް ޔަގީންނުވެ ކޯޗުންނަށް މިހާރު ވަނީ އަނެއްކާވެސް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފައެވެ.

އަންގާރަ ދުވަހު މަޒާޑާ ކެފޭގައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ފަރިތަކުރުންތައް ފެށިގެން ގޮސް، ވަރަށް ރަނގަޅަށް ކަންކަން ދަނިކޮށް މުބާރާތް މެދުކަނޑާލަން ޖެހުނީ ކީއްވެ ކަމެއް ސާފުނުވާ ކަމަށެވެ. އަދި މީގެ ކުރިން ލީގު ފަށަން ހުއްދަ ދިނުމުގައިވެސް ދަތިތައް ދިމާވި ކަމަށާއި، މިއީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ކުރާކަމަކަށްވާއިރު، ލީގު މެދުކަނޑާލި ވަކި ސަބަބެއް ސާފުކޮށްދީފައިނުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ.

ޝާޒްލީ ބުނީ މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ލީގު ހުއްޓާލަން ޖެހޭ ފަހަރުވެސް އަންނާނެ ކަމަށާއި، އެކަމަކު އެންމެ ފުރަތަމަ މަރުހަލާގައި ޕްރޮފެޝަނަލްކޮށް ހިންގަމުން އައި ލީގެއް ހުއްޓާލުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ކުއްލި ގޮތަކަށް ލީގާއި ފަރިތަކުރުންތައް މެދުކަނޑާލުމުން އެންމެ ކަންބޮޑުވާ ކަމަކީ އަލުން ލީގުގެ ކުޅުން ފެށޭނެ ދުވަހެއްވެސް ނޭނގުން ކަމަށެވެ. އަދި ލީގު މެދުކަނޑާލިއިރު ކުލަބުތަކާއި އެފްއޭއެމް ގުޅިގެން އުސޫލުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް އަމަލުކުރި ކަމަށާއި، އުސޫލުތައް މުރާޖާކުރުމަށްފަހު ވިޔަސް ލީގު ހުއްޓާލުން ނޫން ގޮތެއް ނިންމަން ޖެހޭ ކަމަށްވެސް ބުންޏެވެ. އަދި ހާއްސަކޮށް އުސޫލުތައް ވަރުގަދަ ކޮށްގެންވިޔަސް ފަރިތަކުރުންތައް ފަށަން ފުރުސަތު ލިބުން މުހިންމު ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކޮށްގެން ސީޒަން ފެށީ ވަރަށް ވަރުގަދަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އަދި ފުޓްބޯޅަ ކޮމިއުނިޓީތެރޭގައި ކްލަސްޓާއެއް ނެތި ލީގު ކުއްލިއަކަށް ހުއްޓާލަން ޖެހުމަކީ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ބުންޏެވެ. އިންމަ ބުނީ ބޮޑު މެދުކެނޑުމަކަށްފަހު އެންމެ ފުރަތަމަ ސީޒަން ފަށަން ޕްރީ-ސީޒަން ހެދިއިރުވެސް ކޯޗުންނަށް ވަރަށް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އަނެއްކާވެސް މެދުކެނޑުމެއް އައުމުން މިއީ ކޯޗުން ކުރިމަތިލާންޖެހޭނެ އިތުރު ޗެލެންޖެއް ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ މި ބައްދަލުވުމުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ފުޓްބޯޅައިގެ ކޮންޓްރޯލުން ބޭރުން ނިންމާ ނިންމުންތަކުގެ ސަބަބުން ލީގު ކުޅުން ހުއްޓާލާފައި އޮންނައިރު، މިކަމުގެ ސަބަބުން ގެއްލުންވަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށް ކަމަށެވެ. އެގޮތުން މިހާރު މި އޮތް ހާލަތުން އަންނަ މާޗު މަހު ކުޅެން އޮތް ކޮލިފައިންގ މެޗުތަކަށް ގައުމީ ޓީމު ކުޅުންތެރިން ފިޓް ނުވާނެ ކަމަށާއި، އެ މެޗުތަކުން ނަތީޖާ ނެރުމަކީ ގައުމީ ކޯޗަށާއި ކުޅުންތެރިންނަށްވެސް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަދި މި އަހަރު ކުޅެން އޮތް އޭއެފްސީ ކަޕަށް ތައްޔާރުވާ ދެ ޓީމަށްވެސް މިކަމުގެ އަސަރުކުރާނެ ކަމަށްވެސް މޯހަން ބުންޏެވެ.

ކުއްލި ގޮތަކަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދިވެހި ޕްރިމިއާ ލީގަކީ ކުލަބުތަކުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަމުން އަންނަ ލީގެކެވެ. އެހެންކަމުން ވީ އެންމެ އަވަހަށް ލީގުގެ ކުޅުން އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކުލަބުތަކުން އަންނަނީ އާދޭސްކުރަމުންނެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ. އަދި މިހާތަނަށް ލީގުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއާއި އެފްއޭއެމުން އެކުލަވާލި އުސޫލުތަކުގެ ދަށުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު