Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާށިދޫ ޗަސްބިމާއި، މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަ

ކާށިދޫ ޗަސްބިމާއި، މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަޙައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

10 ފެބުރުއަރީ 2021 | ބުދަ 01:59

ކާށިދޫ ޗަސްބިން ސަރަޙައްދަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަޙައްދެއް

އަތޫފް އާތިފް
އަތޫފް އާތިފް | 10 ފެބުރުއަރީ 2021 | ބުދަ 01:59
މާލެ އަތޮޅު ކާށިދޫ

މާލެ އަތޮޅު ކާށިދޫ

މާލެ އަތޮޅު ކާށިދޫ ޗަސްބިން ސަރަޙައްދާއި، މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މި ދެ ސަރަޙައްދު ހިމާޔަތްކުރުމަށް އެ މަނިކުފާނު ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ހުށަހަޅާފައިވާ ކަރުދާހަކަށް އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ.

Advertisement - newsAdvertisement

ކާށިދޫ ޗަސްބިން ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 2003 މެއި 22 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަޙައްދެކެވެ. ކަންޒުކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ރަށެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ޤުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ.

މި ސަރަޙައްދު ހިމާޔަތްކުރުމުގެ ބޭނުމަކީ ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ މި ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ޚާއްޞަކޮށް ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަޤްޞަދު ހާޞިލުވާނީ އެ ތަކެތި ދިރިއުޅޭ މާޙައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީވެ އެ ކަން ޙާޞިލްކުރުމާއި، މި ސަރަޙައްދަކީ ރާއްޖޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ނުހެދޭ ކުއްޅަވައް ގަސް ގިނަ އަދަދަކަށް ހެދިފައިވާ ސަރަޙައްދެއްކަމުގައިވާތީ މި ބާވަތުގެ ގަސްތަކާ ވެސް އެކު ޤުދުރަތީ އެ މާޙައުލު ހިމާޔަތްކޮށް ދިރުންތައް ދިރުވައި އާލާކުރުމަށެވެ.

މީގެ އިތުރުން ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި މޯލްޑިވްސް ވިކްޓަރީ ޝިޕްރެކް ސަރަޙައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ދިޔަ ސަރަޙައްދެވެ. މި ބޯޓު އަޑިއަށްގޮސްފައިވާ މި ސަރަޙައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ޚާއްޞަ މާޙައުލެއް ލިބިފައިވާ ސަޙައްދެއް ވެސް މެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް މާލެ އަތޮޅުގެ 13 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޑައިވް ސައިޓަކާއި، ރަސްފަރި އަދި ކ. ހުރާގެ ކަނޑޫފާ ސަރަޙައްދެވެ. މީގެ އިތުރުން ބޮޑު ތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލަކު ސިޓީގެ އެއް ސަރަޙައްދު އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ. ކުރިން ހިމާޔަތްކޮށްފައިވާ 47 ސަރަޙައްދަކާއި، އަދި މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއެކު ޖުމްލަ 71 ސަރަޙައްދެއް ރާއްޖެގައި ވަނީ ހިމާޔަތްކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

15 ޖުލައި 2017
މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި
11 ޖުލައި 2017

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
02 މެއި 2017

ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

02 މެއި 2017
ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް