Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ލީގު އަލުން ފެށުމުގެ ހުއްދަދިނުމަށް ކުލަބުތަކުގެ އާދޭސް

ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2021 | އަންގާރަ 14:15
ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް އެދި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން އާދޭސްކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިންވެސް ކުލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާންތައް ނެރެފައެވެ.

އަންގާރަ ދުވަހު މަޒާޑާ ކެފޭގައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) ވިދާޅުވީ މިގޮތަށް ލީގު މެދުކަނޑާލާފައި އޮތުމުން ކުލަބުތަކަށާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާ ކަމަށެވެ. އަދި ލީގު އަލުން ފެށުމުގެ އެއްވެސް އިޝާރާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ލީގުގެ ކުޅުން ފެށީ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާތައް ނެގެޓިވްވުމުން ކަމަށާއި، އަދި މިހާތަނަށް އައިރު ކުލަބުތަކުން ވަރަށް ރަނގަޅަށް އެޗްޕީއޭގެ އުސޫލުތަކަށް ތަބާވެފައިވާ ކަމަށެވެ. އަދި އެފްއޭއެމުންވެސް ލީގުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އައިރު، ކުއްލި ގޮތަކަށް ލީގު މެދުކަނޑާލުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށްވެސް ކޮކީ ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޓީސީ ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލް މުޙައްމަދު އީސަ (މޯ) ވިދާޅުވީ ގިނަ ކުޅުންތެރިންގެ އާމްދަނީ ގުޅިފައި އޮތީ ފުޓްބޯޅައަށް ކަމަށާއި، މިހާރު ކުލަބުތައްވެސް ހިނގަނީ ވިޔަފާރި އުސޫލުން ކަމަށެވެ. އެހެންކަމުން ލީގު މެދުކަނޑާލުމުން ކުލަބުތަކަށާއި ކުޅުންތެރިންނަށްވެސް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާ ކަމަށާއި، މި ދަނޑިވަޅުގައި ލީގު އަލުން ފެށުމުގެ ހުއްދަދިނުމަކީ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެވެސް ވަރަށް ބޮޑު އާދޭހެއް ކަމަށްވެސް ވިދާޅުވިއެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މެނޭޖަރު މުޙައްމަދު ފަސީން ރާފިއު ވިދާޅުވީ އެފްއޭއެމާ މަޝްވަރާނުކޮށް ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމުމުން ގެއްލުންވަނީ ހަމައެކަނި ކުލަބުތަކަށް ނޫން ކަމަށެވެ. އެގޮތުން ކުޅުންތެރިން ލައިގެން ކޮންމެ ކުލަބެއްގައި މަދުވެގެން 40 މީހުން ހިމެނޭއިރު، މިއީ ގިނަ ބައެއްގެ އާއިލާތަކާވެސް ގުޅިފައިވާ ނިންމުމެއް ކަމަށާއި، އެހެންކަމުން މި ކަމުގެ ސަބަބުން ކުޅުންތެރިންނަށާއި ކުލަބުތަކުގެ މެނޭޖުމަންޓުތަކަށް ލިބޭ ގެއްލުން ބުނެދޭންވެސް ނޭނގޭ ކަމަށްވެސް ފަސީން ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންގެ މި ބައްދަލުވުމުގައި ކުލަބު އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލަން އެންގުމުން ގެއްލުންވަނީ ހަމައެކަނި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ނޫން ކަމަށާއި، މި ދަނޑިވަޅުގައި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތައް މަތިން ހަނދާންނައްތައިލައިގެން ނުވާނެ ކަމަށެވެ. އެގޮތުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކުން މި ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި، އެހެންކަމުން އެޗްޕީއޭގެ ނިންމުމާއެކު އެ ކުލަބުތަކަށްވެސް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށްވެސް މުފާ ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދިވެހި ޕްރިމިއާ ލީގަކީ ކުލަބުތަކުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަމުން އަންނަ ލީގެކެވެ. އެހެންކަމުން ވީ އެންމެ އަވަހަށް ލީގުގެ ކުޅުން އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކުލަބުތަކުން އަންނަނީ އާދޭސްކުރަމުންނެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ. އަދި މިހާތަނަށް ލީގުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއާއި އެފްއޭއެމުން އެކުލަވާލި އުސޫލުތަކުގެ ދަށުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު