Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުވާސަލާތީ ޚިދުމަތްތަކާ ގުޅޭ ގަރާރު

މުވާސަލާތީ ޚިދުމަތްތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފި

9 ފެބުރުއަރީ 2021 | އަންގާރަ 07:30

ގަރާރު ހުށަހަޅުއްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ފެބުރުއަރީ 2021 | އަންގާރަ 07:30
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

މުވާސަލާތީ ޚިދުމަތްތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ނިމުމަކަށް ގެނައުމަށް ހުށައަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ މުއާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)އެވެ.

Advertisement - newsAdvertisement

މި ގަރާރުގައި ވަނީ އިންޓަރނެޓްގެ މައްސަލައަކީ ހަމައެކަނި ޚިދުމަތްދޭ ފަރާތްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. މި ގަރާގުގައި މި މައްސަލައާ ގުޅުންހުރި އެހެން ބައެއް މައްސަލަތަކެއް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

1. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު 43/215ގައި އެއްވެސް ގަވައިދެއް ހަދާފައި ނުވުން

2. ޤާނޫނު 43/2015ށް އަމަލު ކުރާ މިންވަރު ބެލެވިފައި ނުވުމާއި، ޤާނޫނާއި ޚިލާފު ވެއްޖެނަމަ އެބަޔަކާ މެދު ފިޔަވަޅެއް ނޭޅުން

3. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޤާނޫނު 43/215ގެ ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތަށް އަގުތަކާއި ޚިދުމަތުގެ ފެންވަރު ކޮންޓްރޯލްކޮށް ބެލެހެއްޓިފައި ނުވުން

4. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް އެއްވެސް ވަރަަކަށް އިންޑަސްޓްރީ ރެގިއުލޭޓް ކުރެވިފައި ނުވުން

5. ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރެވިފައި ނެތުން

6. ރާއްޖޭގައި އޯޕަންއެކްސެސް ނެޓްވޯކްގެ ޚިދުމަތް ނެތުމުގެ ސަބަބުން ގިނަ އަދި އެހެނިހެން ދާއިރާތައް ކުރިއެރުމުގައި ގޮންޖެހުންތައް ގިނަވުން

7. ގައުމުގެ އެންމެ ބޮޑު އެއް އެސެޓްކަމަށްވާ ފްރީކުއެންސީ ސްޕެކްޓްރަމް، ޒިންމާދާރު ކުޑަގޮތަކަށް ފްރީކުއެންސީތައް ހިލޭ ދިރާގު އަދި އުރީދޫއަށް ބަހާލައި ބޮޑު އަދަދެއް ހުސްކޮށްފައިވުން

8. ދިވެހި ގައުމީ ތަރިކައެއް ކަމުގައިވާ ޑޮޓް އެމްވީ ޑޮމެއިންގެ ބެލެނިވެރިކަމާއި ބެލެހެއްޓެނިވެރިކަން އަދި ނަފާ، އެއްކޮށް އިންޑަސްޓްރީއަށް ދޫކޮށްލާފައި ބޭއްވުން

އިބްރާހީމް ރަޝީދު (ބޮންޑާ) މި ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ މި މައްސަލަތައް މިހެން ހުރުމުގެ ސަބަބުން އިތުރު ޚިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދީގެން ވެސް މުވާސަލާތީ ޚިދުމަތްތަކަށް އެދެވޭ ބަދަލެއް އަންނާނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެހެން ކަމުން މިކަންކަން ނިމުމަކަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުޅަހަޅުއްވާކަމަށް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެންބަރުން ވަނީ ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް