Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީން

އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ނުހޯދައި މަޝްރޫއުތަކާއި ވިޔަފާރިތަކަށް ކުރިމަތިލާ ފަރާތްތައް ބްލެކްލިސްޓް ކުރަނީ

8 ފެބުރުއަރީ 2021 | ހޯމަ 17:32

ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ އާއި އެކު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ފެބުރުއަރީ 2021 | ހޯމަ 17:32
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ވިޔަފާރިތައް ބޭރުގެ ފަރާތްތަކުން ދަނީ ހިންގަމުން

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ވިޔަފާރިތައް ބޭރުގެ ފަރާތްތަކުން ދަނީ ހިންގަމުން

މިނިސްޓްރީން އަންގާފައިވާ ގޮތަށް ހުއްދަ ނުހޯދައި، އެކިއެކި މަޝްރޫޢުތަކާއި ވިޔަފާރި ހަރަކާތްތައް ހިންގުމަށް ކުރިމަތިލާ ފަރާތްތައް ބްލެކްލިސްޓުކުރުމަށްފަހު، މިނިސްޓްރީގެ ވެސްބައިޓުގައި ޝައިޢުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ލިބި ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށެވެ.

ރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން، ބިދޭސީ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރުމުގެ ކުރިން، އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކޮށް، ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި، އެފްޑީއައި ޕޮލިސީ އެކުލަވާލައި، 11 ފެބްރުއަރީ 2020ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފޮރިން އިންވެސްޓަރުންގެ ތެރެއިން، ސައްހަ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތް ފޮރިން އިންވެސްޓަރުންގެ މައުލޫމާތު ޝާއިޢުކޮށްފައިވާނެކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ހިންގޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކުރިމަތިލައި، ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާ ހަވާލުކުރެވި، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި، ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަކީ، ރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ 1 ވަނަ މާއްދާގެ (ށ) އާއި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި އެފްޑީއައި ޕޮލިސީއާއި ހިލާފަށް ހިންގާ ވިޔަފާރިތައް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ހަވާލުކުރި ފަރާތާއިމެދު ފިޔަވަޅު އެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް އަމަލެއްކޮށްފިނަމަ، ގާނޫނާއި އެއްގޮތަށް އަމަލުކުރުމަށް މުއްދަތެއް ދީ، އިސްލާހުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓްރީން ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކޮންމެ ފަރާތަކީވެސް، ވަކި މަސައްކަތަކަށް ނުވަތަ ވަކި މަޝްރޫޢުއަކަށް ހުއްދަ ދީފައިވާ ފަރާތްތަކަކަށްވާތީ، ހުއްދަ ދީފައިވާ މަސައްކަތް ނުވަތަ މަޝްރޫޢު ނޫން އެހެން މަސައްކަތެއް ނުވަތަ މަޝްރޫޢުއަކާއި ހަވާލުވުމުގެ ކުރިން، މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ހިންގާ ސަރުކާރުގެ މަޝްރޫއުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާއި، ޕްރައިވެޓް ސެކްޓަރ މަޝްރޫއުތަކަށް ކުރިމަތިލާ ބޭރުގެ ފަރާތްތަކަށް މަޝްރޫއު އެވޯޑު ކުރުމުގެ ކުރިން، އެ ފަރާތަކުން، އެފަދަ މަޝްރޫއުއެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2019

އައްޑޫ ސިޓީގައި ވެސް 24 ގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށަނީ

01 ފެބުރުއަރީ 2019
އައްޑޫ ސިޓީގައި ވެސް 24 ގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށަނީ
31 ޑިސެމްބަރު 2018

24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަދޭން ފަށައިފި

31 ޑިސެމްބަރު 2018
24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަދޭން ފަށައިފި
26 ނޮވެމްބަރު 2018

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

26 ނޮވެމްބަރު 2018
24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި
24 ޖޫން 2018

އިކޮނޮމިކް މިނިސްޓްރީން ދޫކުރި ލޯންތަކުގެ 70 ޕަސެންޓް ވިޔަފާރި ކާމިޔާބު: މިނިސްޓްރީ

24 ޖޫން 2018
އިކޮނޮމިކް މިނިސްޓްރީން ދޫކުރި ލޯންތަކުގެ 70 ޕަސެންޓް ވިޔަފާރި ކާމިޔާބު: މިނިސްޓްރީ
02 ޖޫން 2018

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ
15 މެއި 2018

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި

15 މެއި 2018
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
02 އެޕްރީލު 2018

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

02 އެޕްރީލު 2018
ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ
25 ޖެނުއަރީ 2018

އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

25 ޖެނުއަރީ 2018
އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
31 އޮކްޓޯބަރު 2017

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް