Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން: ގަބޫލުކުރަން ދަތި ނިންމުމެއް

8 ފެބުރުއަރީ 2021 | ހޯމަ 12:56

ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ފެބުރުއަރީ 2021 | ހޯމަ 12:56
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މާލޭގައި ފުޓްބޯޅަ ހަރަކާތްތައް ފެށިގެންދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ކޮވިޑް-19 އާއެކު ކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ އެތައް ބަޔަކަށް ބޮޑު ގެއްލުންތަކެއް ލިބުނުއިރު، ދިވެހި ފުޓްބޯޅަ ސީޒަން ފެށިގެންދިޔުމަކީ އެތައް ބަޔަކަށް ލިބިގެންދިޔަ ހިތްހަމަޖެހުމެކެވެ.

އެއާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ހާލަތުގައި ފުޓްބޯޅަ ހަރަކާތްތައް ރައްކާތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ހާއްސަ އުސޫލުތަކެއް އެކުލަވާލިއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައިވަނީ ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށްފަހުއެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ.

ނަމަވެސް ފުޓްބޯޅައިގައި އުޅޭ ގިނަ ބަޔަކަށް މާޔޫސްކަމެއް އަނެއްކާވެސް ގެނުވި ނިންމުމަކީ ކުއްލި ގޮތަކަށް މި މަހުގެ ތިންވަނަ ދުވަހު ލީގުގެ ކުޅުން މެދުކަނޑާލަން ނިންމުމުންނެވެ. މިހާތަނަށް ލީގުގައި ޖުމްލަ 34 މެޗު ކުޅެފައިވީ ނަމަވެސް، ލީގުގެ ދެވަނަ ބުރުގެ ތެރެއިން ފުޓްބޯޅަ ހުއްޓާލަން ޖެހުނީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެންނެވެ.

އެއާއެކު އަނެއްކާވެސް ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނަށް މި ވަނީ މާޔޫސްކަން ގެނުވާފައެވެ. ދިވެހި ޕްރިމިއާ ލީގަކީ ހަމައެކަނި ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި، މިއީ ކުލަބުތަކުން ވިޔަފާރި އުސޫލުން ކުރަމުންދާ ކަމަކަށްވާއިރު، ކުލަބުތަކަށް އަނެއްކާވެސް މި ވަނީ މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ.

"ރާއްޖެޓީވީ" އަށް ދިން އިންޓަވިއުއެއްގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ބޯޑް މެންބަރު އަދި މީޑިއާ އޮފިޝަލް ހަސަން ޝިފާން ބުނީ ލީގު މެދުކަނޑާލަން ނިންމުމާއެކު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަސަރެއް ކުރާނެ އެއް ކުލަބަކީ މާޒިޔާ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުންވެސް މާޒިޔާއަށް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށާއި، އެކަމުން އެއްކޮށް އަރައިނުގެނެވީސް ލީގު އަނެއްކާވެސް މެދުކަނޑާލުމަކީ ކުލަަބަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ބުންޏެވެ. އެހެންކަމުން މި ދަނޑިވަޅުގައި ފުޓްބޯޅަ އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި ކުލަބުތަކަށް ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަދިނުމަށްވެސް ޝިފާން ވަނީ އެދިފައެވެ.

ލީގު މެދުކަނޑާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމުމަކީ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް ލީގު ކުޅެމުން އައީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މި ކަމުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ ފުޓްބޯޅައަކީ އެހެން މީހުންނެކޭ އެއްފަދައިން ކުޅުންތެރިންނާއި ކޯޗުންވެސް އާމްދަނީ ހޯދަން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ކޮވިޑާ ގުޅިގެން އެހެން ކަންކަމަށް ލުއިދިންއިރު، ފުޓްބޯޅައަށް ފުރުސަތު ދީފައިވަނީ ވަރަށް ފަހުން ކަމަށާއި، އެންމެ ފުރަތަމަ މަރުހަލާގައި ދިވެހި ޕްރިމިއާ ލީގު ހުއްޓާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން "ރާއްޖެޓީވީ" އާ ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖުމަންޓުގައި ހިމެނޭ މުޙައްމަދު އީސަ (މޯ) ބުނީ ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމުމަކީ ހައިރާންކަމެއް ގެނުވި ނިންމުމެއް ކަމަށެވެ. އެގޮތުން ލީގު މެދުކަނޑާލަން ނިންމި ދުވަހުވެސް ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައި އޮތް ކަމަށާއި، އެ ދެ މެޗަށް ޓީމުތަކުން ތައްޔާރުވެފައި ވަނިކޮށް ކުއްލި ގޮތަކަށް ލީގު މެދުކަނޑާލުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި މިހާތަނަށްވެސް ލީގުގެ ކުޅުން ކުރިއަށްދިޔައީ އެޗްޕީއޭގެ އުސުލޫތަކާ އެއްގޮތަށް ކަމަށާއި، ދެންވެސް އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކަކަށް ޓީމުތަކުން ބޯލަނބާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މޯ ބުންޏެވެ.

ލީގު މެދުކަނޑާލުމާއެކު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މިފަދަ ނިންމުމެއް ނިންމާއިރު، މިއީ ގިނަ ކުޅުންތެރިންތަކެއްގެ އާމްދަނީއާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ. އަދި އެފްއޭއެމުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން މިހާތަނަށްވެސް ލީގުގެ ކަންކަން އައީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ކަމަށާއި، އެހެން އެކަން އޮއްވައި ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމުމުން އެކަން ގަބޫލުރަންވެސް ދަތިވި ކަމަށްވެސް ބުންޏެވެ.

ކޮވިޑާ ގުޅިގެން ކުއްލި ގޮތަކަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، މިހާތަނަށް ލީގުން ކޮވިޑުގެ ކޭހެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެއާއެކު ހެދިފައިވާ އުސޫލުތަކުގެ ދަށުން ލީގުގެ ކުޅުން ކުރިއަށްދަނިކޮށް، އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ލީގު މެދުކަނޑާލުމަކީ ފުޓްބޯޅައިގެ ގިނަ ބަޔަކަށް ގަބޫލުރަން ދަތިވި ނިންމުމެކެވެ.

އެއާއެކު ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ، އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް އެދި ނޫސްބަޔާންތައް ނެރެފައެވެ.

ކޮވިޑާ ގުޅިގެން އެންމެ އަށް ޓީމު ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާ ޔޫރަޕުގެ ބޮޑެތި ގައުމުތަކުގައިވެސް އަންނަނީ ހާއްސަ އުސޫލުތަކެއްގެ ދަށުން ފުޓްބޯޅަ ލީގުތައް ކުރިއަށް ގެންދަމުންނެވެ. އަދި ދިވެހި ޕްރިމިއާ ލީގަކީ ކުލަބުތަކުން މިލިޔަނުން ޚަރަދުކުރާ ލީގަކަށްވާއިރު، ހާއްސަ އުސޫލުތަކެއްގެ ދަށުން މި ރާއްޖޭގައިވެސް ލީގު ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް