Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައި.އެސް.އޯ ސެޓިފިކޭޝަން

އައި.އެސް.އޯ ސެޓިފިކޭޝަން ހާސިލުކޮށް، ސްޓެލްކޯގެ ތަރި ބައިނަލްއަޤްވާމީ އުދަރެހަށް

8 ފެބުރުއަރީ 2021 | ހޯމަ 10:57

މިއާއެކު ސްޓެލްކޯވަނީ އައި.އެސް.އޯ ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުންޏަށް ވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 ފެބުރުއަރީ 2021 | ހޯމަ 10:57
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައި.އެސް.އޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފިއެވެ.

އައި.އެސް.އޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ޚިދުމަތްތަކެއްތޯ ބަލާނެގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލާފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކެކެވެ.

Advertisement - newsAdvertisement

އައި.އެސް.އޯ ސްޓެންޑެޑަށް ސަރޓިފައިކޮށްދެނީ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަޤީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ. ސްޓެލްކޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތާއި، ކަރަންޓުގެ ޚީދުމަތްދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަރޓިފައިކޮށްދީފައިވާކަމަށް އެކުންފުނިން ހާމަކުރިއެވެ.

މިއާއެކު، ސްޓެލްކޯއިން މިވަނީ މި ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ޚިދުމަތްތައް ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ވަނީ ހޯދާފައެވެ. މި ސިސްޓަމަށް ސްޓެލްކޯ ސެޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައި.އެސް.އޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

އައި.އެސް.އޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސެޓިފައިވުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައި.އެސް.އޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ބައިނަލްއަޤުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ. އަދި މި ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި، އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މިއަށްވުރެ ވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް މުޣުނީ ވަނީ ދެއްވާފައެވެ.

ސްޓެލްކޯއިން އައި.އެސް.އޯ ސްޓެންޑެޑަށް ސެޓިފައިކުރެވިފައިވާއިރު، ސްޓެލްކޯއިން ވަނީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔަރގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލްއަޤުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ ޑްރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް ސްޓެލްކޯއިން ވަނީ ހޯދާފައެވެ. މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއަށް ވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އެމާރޖިންގ ލީޑާރ އޮފް ދި އިޔަރ އެވޯޑް ލިބިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

31 ޖުލައި 2017
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
17 ޖޫން 2017

ބަނގުރާ ފުޅި ތަކަކާއެކު ހައްޔަރުކުރި ފިލްމީތަރި މުއާޒް ޖަލަށް ނުގެންގޮސް ގޭބަންދަށް

17 ޖޫން 2017
ބަނގުރާ ފުޅި ތަކަކާއެކު ހައްޔަރުކުރި ފިލްމީތަރި މުއާޒް ޖަލަށް ނުގެންގޮސް ގޭބަންދަށް
04 ޖޫން 2017

ޝުކޫރު އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމު ޒުހޫރަށް

04 ޖޫން 2017
ޝުކޫރު އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމު ޒުހޫރަށް
26 މާރިޗު 2017

ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ

26 މާރިޗު 2017
ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
13 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް