Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުން

އެގްރޯނެޓުގެ އަމާޒަކީ ބިދޭސީންގެ އަތުން ދަނޑުވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ނަގައި، ދިވެހިންގެ މަސައްކަތަކަށް ހެދުން: ހާރޫން

ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2021 | އާދީއްތަ 16:57
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދުގެ އިތުރުން،  ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާޢު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދުގެ އިތުރުން، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާޢު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓްގެ) އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ބިދޭސީން އަތުން ނަގައި، މިއީ ދިވެހި ދަނޑުވެރިންގެ މަސައްކަތަކަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދުގެ އިތުރުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާޢު ވަނީ ދަނޑުވެރިކަމުގެ ސިޔާސަތާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައި ހާރޫން ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ފުޅާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ހާރޫން ވިދާޅުވީ، ދަނޑުވެރިންގެ އުފެއްދުންތައް ނުވިއްކި ދިއުމުގެ ސަބަބުން ކޮވިޑުގެ ޙާލަތުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އެގްރޯނެޓުގެ މައިގަނޑު މަޤްސަދަކަށްވީވެސް އެކަމުން އަރައިގަތުމަށް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި މަސައްކަތުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ހާރޫން ވިދާޅުވީ، މި މަސައްކަތް ފެށިއިރު، މުޅި ސިނާއަތް ކޮންޓްރޯލް ކުރަމުން ދިޔައީ ބިދޭސީން ކަމަށެވެ. އަދި ކޯޕަރޭޝަން އައުމަށްފަހު ވިސްނުމަކަށްވީ ސީދާ ދަނޑުވެރިންނާ ގުޅިގެން، އެތަކެތި ގަނެ މާރކެޓު ކުރާނެ ބަޔަކީ ކުންފުނިކަމަށް ހެދުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަނޑުވެރިން އުފައްދާ ތަކެތި ގަނެ، ލޯކަލް މާރކެޓުތަކާ ހިސާބަށް ގެނައުމުގައި ކުރަންޖެހޭ މަސައްކަތްތައް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުން ގެނެވޭނެކަން ހާރޫން ފާހަގަ ކުރެއްވިއެވެ.

މި މައުޟޫއަށް ވާހަކަ ދައްކަވަމުން އިބްރާހިމް ޝަބާއު ވިދާޅުވީ، ވާދަވެރި ދަނޑުވެރިކަމުގެ މާހައުލެއް އުފެއްދުމުގައިވެސް އެގްރޯނެޓުގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ފަންނީ އަދި ވަސީލަތުގެ އެހީއާއި، ބޭރުގެ އެހީ ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިސް ދައުރެއް އޮންނާނެކަން ފާހަގަ ކުރައްވައި ޝަބާއު ވިދާޅުވީ، އެ މަސައްކަތްތައް މިހާރު މިނިސްޓްރީންވެސް ކުރަމުންދާ ކަމަށެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، ދަނޑުވެރިން ހައްދާ ތަކެތިން ބޮޑު މާކެޓެއް އުފައްދައި ދެއަހަރު ތެރޭގައި ރައްޔިތުންނަށް ވީހާވެސް ބޮޑަށް އޭގެ މަންފާ ލިބިގެންދާނެކަމަށް ހާރޫން ވިދާޅުވެފައިވެއެވެ.

ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި، އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ. ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފެއްދީ މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު