Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ލީގު އަލުން ފެށުމުގެ ހުއްދަދިނުމަށް ކުލަބުތަކުން ގޮވާލައިފި

7 ފެބުރުއަރީ 2021 | އާދީއްތަ 04:50

ކުޅުންތެރިންނާއި ކޯޗުންނަށްވެސް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލުމުން އަސަރުކުރާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 7 ފެބުރުއަރީ 2021 | އާދީއްތަ 04:50
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ގޮވާލައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ.

ކުއްލި ގޮތަކަށް ސީޒަން މެދުކަނޑާލުމާ ގުޅިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު އީގަލްސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސީޒަން މެދުކަނޑާލުމާއެކު ކުލަބުތަކުގެ ފަރިތަކުންތައްވެސް މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންނާއި ކޯޗުންނަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ ކަަމަށް ބުނެފައެވެ.

އެގޮތުން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަދި ކުޅުންތެރިން ފުޓްބޯޅަ ދަނޑާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށީ އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރަން ޝަރުތުކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި، މި ސީޒަނަށް ކުލަބުތަކުން ތައްޔާރުވާން ފެށި ދުވަހުން ފެށިގެން، ލީގު މެދުކަނޑާލުމާ ހަމައަށް ހުރިހާ ކުލަބުތަކުންވެސް އުސޫލުތަކަށް އަމަލުކުރަމުން އައި ކަމަށްވެސް މި ނޫސްބަޔާންތަކުގައި ވަނީ ބުނެފައެވެ.

ފަރިތަކުރުންތަކުގެ އިތުރުން މެޗުތަކުގައިވެސް އެފްއޭއެމާއި ކުލަބުތަކުން ދިޔައީ އެ އުސޫލުތަކަށް އަމަލުކުރަމުން ކަމަށާއި، ކުލަބުތަކާއި އެފްއޭއެމުންވެެސް އުސޫލުތަކަށް އަމަލުކުރަންދަނިކޮށް، ކުއްލިއަކަށް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން އެންގުމަކީ ކުލަބުތަކަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވަނީ ބުނެފައެވެ. އަދި ފުޓްބޯޅައިން އާމްދަނީ ހޯދާ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލުމުގެ އަސަރު ކުރާނެ ކަމަށާއި، ސީޒަން ކުއްލިއަކަށް މެދުކަނޑާލުމަކީ ކުލަބުތަކަށް މާލީ ގޮތުން ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެ ކުލަބުތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލި ނަމަވެސް، ފަރިތަކުންތައް ކުރިއަށްގެންދިޔުމުގެ ފުރުސަތުދިނުމަކީ މި ވަގުތު ހުރިހާ ކުލަބެއްގެވެސް އެދުމަކަށްވާއިރު، އުސޫލުތަކާ އެއްގޮތަށް ލީލުގެ މެޗުތައް އަލުން ފެށުމުގެ ފުރުސަތު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުލަބުތަކަށް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް މި ނޫސްބަޔާންތަކުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އައު އުސޫލުތަކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ލީގު ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ހާއްސަ އުސޫލުތަކެއް ކަނޑައެޅިއިރު، ލީގުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ. ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް