Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުން

ބައިނަލްއަގުވާމީ ފޯރިގަދަ މުބާރާތްތައް މި އަހަރު ރާއްޖޭގައި ބޭއްވިގެންދާނެ: މަޙްލޫފް

މި އަހަރު ރާއްޖޭގައި އޭޝިއަން ބޮޑީބިލްޑިންގ މުބާރާތާއި އަންހެން ވޮލީބޯޅަ މުބާރާތް އޮންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2021 | ހޮނިހިރު 13:33
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ބައިނަލްއަގުވާމީ ފޯރިގަދަ މުބާރާތްތަކެއް މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ހިމެނޭއިރު، މީގެ ކުރިން ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް ނިންމާފައެވެ.

އެގޮތުން މީގެ ކުރިން ރާއްޖެއިން ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ތާރީޚީ ބިޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ބޮޑު ކުޅިވަރު ގޭމްސްއެއް ރާއްޖޭގައި ބާއްވަން ލިބުނު ފުރަތަމަ ފުރުސަތު ގެއްލުނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އެކަމަކު މީގެ ކުރިން ރާއްޖެއިން ވަނީ 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ބިޑާއި، އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަށް ބިޑް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކޮވިޑާއެކު އެ މުބާރާތްތައް ވަނީ މި އަހަރަށް ފަސްކޮށްފައެވެ. އަދި ދާދި ފަހުން ވަޒީރު ވަނީ އެކުވެނި ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތެއް ބޭއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުޅިވަރުގައި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށާއި، އެގޮތުން ބައެއް އިތުރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕް ފަދައިން ރާއްޖޭގައި ފޯރިގަދަ ވެގެންދާ ފެންވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް ކަމަށާއި، އެފަދަ ބައެއް މުބާރާތްތައް މި އަހަރުގެ ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ފޯރިގަދަ މުބާރާތްތަކެއް މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއިރު، މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ބައެއް މުބާރާތްތައް ބާއްވާފައެވެ. އެގޮތުން މި ސަރުކާރުން ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި، މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި، އައްޑޫ ސިޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއާ އަންޑަ 21 ބެޑްމިންޓަން މުބާރާތުގެ އިތުރުން ފީބާ އޭޝިއަން ކްއެސްޓްވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

އަދި މި މުބާރާތްތައް ހަމައެކަނި މާލޭގައި ބޭއްވުމުގެ ބަދަލުގައި، މުޅި ރާއްޖެއަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަކީ މި ސަރުކާރުގެ އަޒުމެއް ކަމަށްވެސް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު