Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވަލްނީއަށް ފަރުވާދިން ޑޮކްޓަރު

ނަވަލްނީއަށް ފަރުވާދިން ރަޝިއާގެ ޑޮކްޓަރު ކުއްލިގޮތަކަށް މަރުވެއްޖެ

6 ފެބުރުއަރީ 2021 | ހޮނިހިރު 10:35

މިހާތަނަށް އެނގިފައިވާ ގޮތުން ޑޮކްޓަރު މަރުވީ ހަރޓްއެޓޭކެއް ޖެހިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ފެބުރުއަރީ 2021 | ހޮނިހިރު 10:35
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ (ކ) އަދި އޭނާއަށް ފަރުވާދިން ޑޮކްޓަރު (ވ)

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ (ކ) އަދި އޭނާއަށް ފަރުވާދިން ޑޮކްޓަރު (ވ)

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ފަރުވާދިން އެގައުމުގެ ޑޮކްޓަރު، ޑރ. ސެރޖޭ މެކްޒިމިޝިން މަރުވެއްޖެއެވެ.

ނަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރަކީ، މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާއިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައި ބެއްލެވި ފަހުން ހާލު ގޯސްވެގެން އޮމްސްކް އެމރަޖެންސީ ހޮސްޕިޓަލުގައި ފަރުވާދިން ޑޮކްޓަރެވެ.

Advertisement - worldAdvertisement

ދެ ދުވަސްވަންދެން އެ ހޮސްޕިޓަލުގައި ނަވަލްނީއަށް ފަރުވާދިން އިރު އެންމެ އިސްކޮށް ހަރަކާތްތެރިވީ ވެސް މި ޑޮކްޓަރެވެ. ސެރޖޭ އަކީ ރަޝިއާގެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޗީފް ފިޒިޝަންއެވެ. އެ ހޮސްޕިޓަލުން ބުނީ ސެރޖޭ މަރުވެފައިވަނީ އުމުރުން 55 އަހަރުގައި ކަމަށާއި، މަރުވީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާ އިރު އޭނާ މަރުވީ ހަރޓް އެޓޭކެއް ޖެހިގެން ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ނަވަލްނީއަށް އޮމްސްކް ހޮސްޕިޓަލުގައި ފަރުވާ ދިނީ 2 ދުވަސް ވަންދެންނެވެ. އަދި 2 ދުވަސް ފަހުން އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ގެންދެވުނެވެ. އަދި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން އޭނާ ވަނީ ޖަލަށްލާފައެވެ.

ބީ.ބީ.ސީ.އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ފުލުހުންގެ ބަންދަށް ގެންދިޔައީ ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމާއެކު އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބު ފުލުހުން ހާމަކޮށްފައި ނުވާ ކަމަށާއި، އޭނާއާއެކު ވަކީލުން ދިއުމުގެ ހުއްދަ ވެސް ދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާގެ ޕްރޮސެކިއުޓަރުންނާ ޙަވާލާދީ ބީ.ބީ.ސީ. އިން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ ވަނީ ނަހަމުގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް ފިޔަވަޅު އަޅައިފައިވާ މުއްދަތުގެ ތެރޭގައި ޕެރޯލް ގަވާއިދާ ޚިލާފުވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ނަވަލްނީ ތުހުމަތުކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ޚިލާފުވި މައްސަލައިގައި ފެބްރުއަރީ 15ގެ ނިޔަލަށް އޭނާއަށް ބަންދުގެ މުއްދަތު ޖަހާފާއިވާއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29ށް ވަނީ ތާވަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން، ޖަލު ހުކުމަކަށް ބަދަލުކުރުމާ މެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް