Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓައިނީ ކްރާފްޓް

ކަސްޓަމައިޒްޑް ބޭބީ ނަރސަރީއެއް ބޭނުންނަމަ ޓައިނީ ކްރާފްޓަށް މެސެޖް ކޮށްލާ!

ތުއްތު ދަރިފުޅަށް ހޯދާދެން ބޭނުންވާ އެއްޗެއް ބޭނުން ގޮތަކަށް، ބޭނުން ކުލައެއްގައި ޓައިނީ ކްރާފްޓުން ތައްޔާރުކޮށްދޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2021 | ހުކުރު 12:20
ޓައިނީ ކްރާފްޓްގެ އުފެއްދުމެއް

ޓައިނީ ކްރާފްޓްގެ އުފެއްދުމެއް

ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާއިރު، އެ ދަރިފުޅު ނިދާނެ އެނދަކާއި، ބޭނުންކުރަން ބާލީހާއި، ބޭބީ މޮނިޓަރަކީ ކޮންމެހެންވެސް ހަމަކުރަން ބޭނުންވާ ތަކެއްޗެވެ. މިތަކެތި ހަމަކުރާއިރު، އެންމެ ކޮލެޓީ ރަނގަޅު، ރީތީ އަދި ތަފާތު އެއްޗެހި ހޯދުމަށް ކޮންމެ މައެއްވެސް އަދި ބަފައެއް ވެސް މަސައްކަތްކުރެއެވެ. އަދި ބޭބީ ޝަވަރއެއް ބާއްވާނަމަ ނުވަތަ ތުއްތު ކުއްޖާ އުފަންވުމުން ހަދިޔާއެއް ދޭން ބޭނުންވާ ނަމަ އެންމެ ތަފާތު، ބޭނުންތެރި އެއްޗެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ކޮންމެ މީހެއްވެސް ބޭނުންވެއެވެ.

ގިނަ ފަހަރަށް ބޭނުންވާ ކުލައިގެ، ނުވަތަ ބޭނުންވާ ޑިޒައިނެއްގެ އެއްޗެހި ނުލިބިގެން ޝަކުވާ ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވެސް ގިނައެވެ. އެހެންކަމުން ދެތިން ދުވަސް ނުވަތަ ދެތިން ރޭ ވިޔަފާރި ކުރުމުގައި ހޭދަ ކުރަން ޖެހުމަކީ ގިނަ ބަޔަކު ތަޖުރިބާ ކޮށްފައި ހުންނާނެ ކަންކަމެކެވެ. ނަމަވެސް މިހާރު މިކަމަށް "ޓައިނީ ކްރާފްޓް" އިން މިވަނީ ހައްލެއް ހޯދާދީފައެވެ.

އިންސްޓަގްރާމްގައި ޓައިނީކްރާފްޓް.އެމްވީ ޖަހާ ސަރޗް ކޮށްލުމުން، ތުއްތު ދަރިފުޅަށް ހޯދާދެން ބޭނުންވާ އެއްޗެއް ބޭނުން ގޮތަކަށް، ބޭނުން ކުލައެއްގައި ހޯދުމަކީ މާ ދަތިކަމެއް ނޫންކަން އެނގިގެންދެއެވެ. އެޕޭޖް ސަރޗްކޮށްލުމުން ދަރިފުޅަށް ބޭނުންވާ ތަފާތު ޑިޒައިންގެ ބާލީސް، ބޭނުން ކުލައެއްގައި ބޭނުން ސައިޒަކަށް ލިބޭނެއެވެ. ދަރިފުޅުގެ ނަމުން ފަރުމާކޮށްލާފައި ބާލިސްތައް ބަހައްޓާލަން ބޭނުން ނަަމަ އެކަންވެސް ޓައިނީ ކްރާފްޓުން ކޮށްދޭނެއެވެ.

ތުއްތު ދަރިފުޅު ނިދާ އެނދުގެ މަތީގައި އަޅުވާލަން ތަފާތު މޯބައިލެއް ބޭނުންނަމަ، އެވެސް ޓައިނީ ކްރާފްޓުން ލިބޭނެ އެވެ. ކުދި ކުދި ތަރިއާއި، ހަނދާއި، ވިލާ އަކީ ދަރިފުޅަށް އަބަދުވެސް ފެންނަގޮތަށް ބަހައްޓަން ބޭނުން އެއްޗެހި ނަމަ އެތަކެތި، ބޭނުންވާ ގޮތަކަށް ތައްޔާރުކޮށް ފޯރުކޮށްދޭނެއެވެ. ބޭނުން ވަނީ ކަނޑުގެދިރުންތަކާއި، ހިތްގައިމު ގޮނޑުދޮށުގެ މަންޒިލް އިހުސާސްކޮށްދޭން ކަމުގައިވާނަމަ އެކަން ވެސް ޓައިނީ ކްރާފްޓުން ކޮށްދެއެވެ.

ދަރިފުޅު ހެދި ބޮޑުވެގެން އަންނަ އިރު ''މެމޮރީޒް ކަލެކްޝަން''އަށް ދަރިފުޅުގެ ރީތި ފޮޓޯއެއް ނަގާލައި، ހަނދާނަކަށް ބަހައްޓަން، ފޮޓޯ ޝޫޓްތަކަށް ބޭނުންވާ ޕްރޮޕްސްވެސް ޓައިނީ ކްރާފްޓުން ތައްޔާރުކޮށްދޭނެއެވެ. އެއީ ތްރީޑީ ނަންބަރެއް ވިޔަސް، ދަރިފުޅުގެ ނަން ރީތިގޮތަކަށް ފަރުމާ ކޮށްލާފާއި ވިޔަސް ބޭނުންވާ ތީމަކަށް ފެތޭގޮތަށް ކަސްޓަމައިޒްކޮށް ޓައިނީ ކްރާފްޓުން ތައްޔާރުކޮށްދެއެވެ.

މީގެ އިތުރުން ކޮޓަރީގައި ހަރުކޮށްލާފައި ބަހައްޓާލަން ރީތި ޑިޒައިންތަކުގެ ފްރޭމް ޓައިނީ ކްރާފްޓުން ތައްޔާރުކޮށްދޭއިރު، މި ފްރޭމްތައް ވެސް ބޭނުން ބައްޓަމަކަށް، ބޭނުން ކުލައަކުން ތައްޔާރުކޮށްދެއެވެ. މީގެ ތެރޭގައި އިސްލާމީ ރީތި އުސޫލުތަކާއި، ދުއާ ތަކާއި، މާތްﷲ އިސްމަފުޅުތައް ވެސް ފަސޭހައިން ދަސްވާ ގޮތަށް ފްރޭމް ކުރުމަކީ ޓައިނީ ކްރާފްޓްގެ އަމާޒެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ޓައިނީ ކްރާފްޓަށް ލިބިގެން މިދަނީ ހަގީގަތުގައި ވެސް ގިނަ ބައެއްގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭތީއެވެ. އެއީ މައިންބަފައިންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދަރިން ހިނިތުންވުން އެކުދިންގެ މޫނު މަތިން ފެނުން ކަމަށްވާއިރު، ދަރިފުޅު ކުޅޭ ސަރަހައްދަށް ވެސް ޓައިނީ ކްރާފްޓުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެއީ ޕްލޭ ޓެންޓް ފަދަ ތަކެތި އެތަނެއްގައި ބަހައްޓާގެންނެވެ.

މިޚިދުމަތްތަކާއި ބެހޭ ގޮތުން ޓައިނީ ކްރާފްޓުން ބުނީ އެއްޗެއް އޯޑަރު ކޮށްފިނަމަ އެ އެއްޗެއް ނުލިބިގެން މާ ގިނަ ދުވަސް ނުވާނެ ކަމަށާއި، ކަސްޓަމަރު ބޭނުންވާ ދުވަހަށް، ބޭނުންވާ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށެވެ. އަދި ތައްޔާރުކުރާ ކޮންމެ އެއްޗެއްވެސް ބޭނުން ތަނަކަށް ޑެލިވަރ ކޮށްދޭ ކަމަށާއި، މިތަކެތީގެ ޕެކިން ޚާއްސަ ސަމާލުކަމެއްދޭ ކަމަށް ޓައިނީ ކްރާފްޓުން ބުނެއެވެ.

ދަރިފުޅު ދުނިޔެއަށް އައުމަށް ވަމުންދާ ތައްޔާރީތައް ފުރިހަމަ ކުރުމަށް ޓައިނީ ކްރާފްޓް ހިޔާރުކޮށްފި ނަމަ އެކަމާ ރިގްރެޓެއް ނުވާނެއެވެ. އަދި ހަދިޔާއަކަށް ޓައިނީ ކްރާފްޓްގެ އުފެއްދުމެއް ދީފިނަމަ އެހަދިޔާ ހަމަ ޔަގީނުންވެސް ވެގެންދާނީ ހިތްޖެހޭ ފަދަ ހަދިޔާއެއް ކަމާ މެދު ޝައްކެތްނެތެވެ. ޕެކިން އިން ވެސް ހިތް ދަމާ ގަންނައިރު، ހަގީގަތުގައި ގިނަ ބައެއްގެ ދިރިއުޅުމާއި ޓައިނީ ކްރާފްޓް މިވަނީ ގުޅި ލާމެހިފައެވެ. ގިނަ މައިންނާއި ބަފައިންގެ އިތުރުން އާއިލާއަކަށް ތައްޔާރުވަމުންދާ ޒުވާނުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގެ 1 ބިލިއަން ވަނަ ބޭބީ މިހާރު ކޮބާ؟

އިންޑިޔާގެ 1 ބިލިއަން ވަނަ ބޭބީ މިހާރު ކޮބާ؟

29 އޮކްޓޯބަރު 2022
ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

20 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު