Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

4 ފެބުރުއަރީ 2021 | ބުރާސްފަތި 14:19

ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ފެބުރުއަރީ 2021 | ބުރާސްފަތި 14:19
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ގިނަ ދަރިވަރުން ތަމްރީންވަމުން ދޭ

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ގިނަ ދަރިވަރުން ތަމްރީންވަމުން ދޭ

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.

Advertisement - newsAdvertisement

ދިރާގުން ބުނީ މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ކަމަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށާއި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަނި ނޫން ކަމަށެވެ. އަދި މާލޭގެ އިތުރުން އައްޑޫސިޓީ، ތިނަދޫ، އަރިއަތޮޅު އަދި އޭދަފުށީގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މާކެޓިންގ، ސޭލްސް، ހިއުމަން ރިސޯސަސް،ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.

ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުންނެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައެވެ. އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށް، ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ދިވެހި ޒުވާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޚާއްސަވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިންގ ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.

2009 ގައި އަލަށް ތައާރަފްކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަވެސް، އެ އަހަރު ދަރިވަރުންގެ ޓްރެއިނިންގތައް މެދުނުކެނޑި، އޮންލައިން ކޮށް ކުރިއަށް ގެންދިޔައެވެ. އެގޮތުން، މި ޕްރޮގްރާމް ތެރޭގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ އާއި ވަޒީފާއަށް ބޭނުންވާނެ އެކި ޓްރެއިނިންގތައް ދިޔައީ ދެމުންނެވެ. މީގެ ތެރޭގައި ރިމޯޓް ވާރކިންގ، އެތިކްސް، ޓައިމް މެނޭޖްމަންޓް، ޕްރޮޖެކްޓް ޕްލޭނިންގ، ޕްރެޒެންޓޭޝަން ސްކިލްސް ފަދަ ޓްރެއިނިންގ ހިމެނެއެވެ. މިޕްރޮގްރާމް މެދުވެރިކޮށް ދިރާގުގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްތަގުބަލުގައި ގައުމު ހިންގާނެ ގާބިލް ޒުވާނުން އުފެއްދުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް 10 ފެބްރުއަރީ 2021 ގެ ކުރިން މި ލިންކްhttp://bit.ly/DAP2021މެދުވެރިކޮށް ސަބްމިޓް ކޮށްލެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 މެއި 2017

އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު

30 މެއި 2017
އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު
30 މެއި 2017

ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

30 މެއި 2017
ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!
29 މެއި 2017

މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

29 މެއި 2017
މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ
18 މެއި 2017

ދިރާގު ޓީވީގެ ހިދުމަތުން ރާއްޖެ ޓީވީ ނެގުމަށް އެދެފި

18 މެއި 2017
ދިރާގު ޓީވީގެ ހިދުމަތުން ރާއްޖެ ޓީވީ ނެގުމަށް އެދެފި
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް