Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ ފަތުރުވެރިން

އަހަރުގެ ފުރަތަމަ މަސް ނިންމާލީ 90،000ށް ވުރެ ގިނަ ފަތުރުވެރިންނާއިއެކު

ޖެނުއަރީ މަހު އެވްރެޖުކޮށް 2,971 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ފެބުރުއަރީ 2021 | އަންގާރަ 13:56
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

މިއަހަރުގެ ފުރަތަމަ މަސް ރާއްޖެއިން ނިންމާލާފައިވަނީ 90،000ށް ވުރެ ގިނަ ފަތުރުވެރިންނާއި އެކުކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު 92,103 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، 47 އިންސައްތަ ދަށް އަދަދެކެވެ. ފާއިތުވި އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 173,874 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޖެނުއަރީ މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 20,973 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ 22.8 އިންސައްތައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރު ކުރި 10 ގައުމުން ރާއްޖެއައި ފަތުރުވެރިންގެ 75 އިންސައްތަ ހިއްސާކުރާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާއިން ހިއްސާކުރަނީ 20.8 އިންސައްތައެވެ. އެއީ 19,135 ފަތުރުވެރިންނެވެ.

ޔޫކްރެއިނުން ރާއްޖެއައި ފަތުރުވެރިންގެ 7.8 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން 7,210 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ކަޒަކިސްތާނުން ރާއްޖެ އައި 4,434 ފަތުރުވެރިން 4.8 އިންސައްތަ ހިއްސާކުރާއިރު، ރޫމޭނިއާއިން އައި 3,921 ފަތުރުވެރިން ހިއްސާކުރަނީ 4.3 އިންސައްތައެވެ. އަދި ފްރާންސުން އައި 3,728 ފަތުރުވެރިން ހިއްސާކުރަނީ ރާއްޖެއައި ފަތުރުވެރިންގެ ހަތަރު އިންސައްތައެވެ.

ޖަރުމަނުން ރާއްޖެއައި ފަތުރުވެރިންގެ 3.7 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން 3,390 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އިނގިރޭސިވިލާތުން އައި 2,504 ފަތުރުވެރިން ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ 2.7 އިންސައްތައެވެ. އެމެރިކާ އަދި ސްވިޒަލޭންޑުން ރާއްޖެއައި ފަތުރުވެރިންގެ 2.1 އިންސައްތަ ހިއްސާކުރާއިރު، އެމެރިކާއިން ރާއްޖެ އައިސްފައި ވަނީ 1,960 ފަތުރުވެރިންނެވެ. އަދި ސްވިޒަލޭންޑުން ރާއްޖެ އައިސްފައި ވަނީ 1,958 ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 614 ފެސިލިޓީއެއްގައި 43,320 އެނދު ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ. އެއީ 144 ރިސޯޓުގައި 33,192 އެނދު، 135 ސަފާރީގައި 2,610 އެނދު އަދި 324 ގެސްޓް ހައުސްގައި 6,060 އެނދުގެ އިތުރުން 11 ހޮޓަލުގައި އޮޕަރޭޓް ކުރަމުންދާ 1,458 އެނދެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު