Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޑެކްސްގެ 6 ވަނަ އަހަރީ ބައްދުލުވުން

އެންޑެކްސްގެ 6 ވަނަ އަހަރީ ބައްދުލުވުމުގެ ރިޔާސަތު ބަލަހައްޓަނީ ރާއްޖެއިން

2 ފެބުރުއަރީ 2021 | އަންގާރަ 02:07

2021 ވަނަ އަހަރުން ފެށިގެން އެންޑެކްސްގެ 7 ވަނަ އަހަރީ ބައްދަލުވުމުގެ ނިޔަލަށް އެންޑެކްސްގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ރާއްޖެއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ފެބުރުއަރީ 2021 | އަންގާރަ 02:07
އެންޑެކްސްގެ 6 ވަނަ އަހަރީ ބައްދުލުވުމުގެ ތެރެއިން

އެންޑެކްސްގެ 6 ވަނަ އަހަރީ ބައްދުލުވުމުގެ ތެރެއިން

އޭޝިއަން ނެޓްވަރކް ފޯރ ޑޮކިއުމަންޓް އެގްޒަމިނޭޝަން (އެންޑެކްސް)ގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާގޮތަށް ބައްދަލުވުންތައް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިބައްދަލުވުންތައް ކުރިއަން ގެންދާނީ ފެބްރުއަރި އެކަކުން ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެންޑެކްސްގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2021 ވަނަ އަހަރުން ފެށިގެން އެންޑެކްސްގެ 7 ވަނަ އަހަރީ ބައްދަލުވުމުގެ ނިޔަލަށް އެންޑެކްސްގެ ރިޔާސަތު ބެލެހެއްޓުމަށް ރާއްޖެ ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގެ ސެކްރެޓޭރިއޭޓް ބަލަހައްޓަވާނީ އިންޓަރނޭޝަނަލް އޮގަރނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އިންނެވެ.

Advertisement - newsAdvertisement

މިބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އެންޑެކްސްގެ 13 މެންބަރު ގައުމަކުން، އޮބްޒާރވަރުންގެ ގޮތުގައި ހަތަރު ގައުމަކުން އަދި ބައިނަލްއަޤުވާމީ ހަތަރު ޖަމުޢިއްޔާއަކުން ބައިވެރިވެއެވެ.

މިއަހަރުގެ އެންޑެކްސްގެ ބައްދަލުވުމުގައި ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމުގައި، އެކިއެކި ގައުމުތަކަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެ، ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެންޑެކްސްގެ މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވިގެންދާނެއެވެ. އަދި މި ބައްދަލުވުމުގައި މޯލްޑިވެސް އިމިގްރޭޝަންގެ އިތުރުން އެންޑެކްސްގެ މެންބަރު ގައުމުތަކުގެ ބޯޑަރ ބަލަހައްޓާ އިދާރާތަކުން، ޞައްޙަ ނޫން ޕާސްޕޯޓު ނުވަތަ ޝަހްޞު އޮޅުވާލައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އަދި ހިޖުރަކުރާ މީހުން ހުއްޓުވުމުގައި އެޅިދާނެ ފިޔަވަޅުތަކާއި، އެއްކުރެވިފައިވާ މަޢުލޫމާތު މެންބަރު ގައުމުތަކުގެ މެދުގައި ޙިއްޞާކޮށް، މިފަދަ އަމަލުތަކުގެ ސަބަބުން ބޯޑަރ ސެކިއުރިޓީގައި ދިމާވާ ތަފާތު މައްސަލަތަކަށް އަދި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވިގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އައި.އޯ.އެމް ގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، ޑރ. ނެނެޓް މޯޓަސްގެ ވާހަކަފުޅުގައި އޭޝިއާ އަދި ޕެސިފިކް ބައްރުގައި ހިމެނޭ ގައުމުތަކުގެ ބޯޑަރ ރައްކާތެރިކުރުމަށްޓަކައި، އެއްއަމާޒެއްގެ ދަށުން، ގުޅިގެން މަސައްކަތްކުރެއްވުމަށް އެންޑެކްސް އިން އަބަދުވެސް ދައުވަތު ދެއްވާކަމަށާއި، މިގޮތުން ޓްރާންސްނޭޝަނަލް ކްރައިމް ހުއްޓުވުމުގައި ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންޑެކްސް އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އެންޑެކްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ހައިޞިއްޔަތުން ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް މެކިނަން ގެ ވާހަކަފުޅުގައި ކޮވިޑް-19 ހާލަތާއި ގުޅިގެން، ޓްރާންސްނޭޝަނަލް ކްރައިމް ނެޓްވާރކްތަކުން ހިންގަމުންގެންދާ އެކިއެކި ކުށުގެ އަމަލުތައް އޭޝިއާ، ޔޫރަޕް އަދި އެމެރިކާ ސަރަހައްދުގައި ގިނަވެފައިވާ މިފަދަ ދަނޑިވަޅުގައި، ޞައްޙަ ނޫން ޕާސްޕޯޓު ނުވަތަ ޝަހްޞު އޮޅުވާލައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އަދި ހިޖުރަކުރާ މީހުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެންޑެކްސްގެ މެންބަރު ގައުމުތަކުން މިހާތަނަށް ހާސިލުކުރައްވާފައިވާ ކާމިޔާބީތަކާއި މެދު ފަޚުރުވެރިވާކަމަށާއި، މިމަސައްކަތުގައި ކެނެޑާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މުސްތަގުބަލުގައި ވެސް އެންޑެކްސްއަށް ދެއްވާނެކަމުގެ ޔަގީންކަން އެރުއްވިއެވެ.

މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކޮށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، ރާއްޖެއިން މިފަދަ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުސަތު ލިބުނީތީ އެކަމާ އުފާކުރައްވާކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި އިންތިޒާމްކޮށްގެން ބޭއްވުމުން ދޭހަވެގެންދަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި ޤައުމުތަކުގެ މައި ދޮރާށި ރައްކާތެރިކުރުމަށް ހުރިހާ ގައުމަތަކުން ކެނޑިނޭޅި ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަވާކަމަށް ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް ވަނީ އިންސާނީ ވަގުފާރި އާއި ހިއުމަން ސްމަގްލިންގ ފަދަ ޓްރާންސްނޭޝަނަލް ކްރައިމްތައް ހުއްޓުވުމަށް އެންޑެކްސްގެ މެންބަރު ގައުމުތައް ގުޅިގެން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ހަރުދަނާކޮށް އެފަދަ ކުށްތައް ކުރާ ފަރާތްތައް ހުއްޓުވުމުގައި ކާމިޔާބީތައް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންޑެކްސްގެ މެންބަރު ގައުމުތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާ ލަފަޔާއި އިރުޝާދު ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އެންޑެކްސް އަކީ 2013 ވަނަ އަހަރު ކެނެޑާ ސަރުކާރުގެ މާލީ އެހީތެރިކަމުގެ ދަށުން ޑޮކިއުމަންޓް އެގްޒަމިނޭޝަން ސަޕޯރޓް ސެންޓަރ (ޑީ.އީ.އެސް.ސީ) ގެ އިސްނެގުމާއެކު އައި.އޯ.އެމް އިން ބަލަހައްޓަމުން އަންނަ ނެޓްވަރކްއެކެވެ. އޭޝިއާ ބައްރުގެ 14 ގައުމެއް ހިމެނޭ ގޮތަށް އިމިގްރޭޝަން އެޖެންސީތަކުގެ ޓްރެވަލް ޑޮކިއުމަންޓް އެގްޒަމިނޭޝަން މާހިރުންނާ ގުޅިގެން އެކުލަވާލާފައިވާ މި ނެޓްވަރކްގެ މަޤްސަދަކީ މި ސަރަޙައްދުގެ ޤައުމުތަކުގައި ޞައްޙަ ނޫން ޕާސްޕޯޓު ނުވަތަ ޝަޚްޞު އޮޅުވާލައިގެން އެއް ޤައުމުން އަނެއް ގައުމަށް ދަތުރުކުރާ އަދި ހިޖުރަކުރާ މީހުން ހުއްޓުވައި މިފަދަ މަޢުލޫމާތުތައް ޤައުމުތަކުގެ މެދުގައި ޙިއްޞާކޮށް، މިކަމާއި ގުޅިގެން ހިނގާ ޓްރާންސްނޭޝަނަލް ކްރައިމް ހުއްޓުވުމެވެ. އެގޮތުން، ބޯޑަރ ސެކިއުރިޓީގައި ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކަށޭނަ ވަގުތުގައި މަޢުލޫމާތު ޙިއްޞާކޮށް، ޝަޚްޞު އޮޅުވާލައިގެން ނުވަތަ ދަތުރުކުރުމަށް ބޭނުންކުރާ ޞައްޙަ ލިޔެކިޔުމަށް ބަދަލުގެނެސްގެން ނުވަތަ ޞައްޙަ ލިޔެކިޔުން ނަކަލުކުރުމުގައި އެހިނދެއްގައި ބޭނުންކުރަމުން އަންނަ އުކުޅުތައް ދެނެގަނެ ބޯޑަރ ސެކިއުރިޓީގެ މަސައްކަތް ހަރުދަނާކުރުމެވެ. މި ބައްދަލުވުމަކީ އެންޑެކްސްގެ މެންބަރު ޤައުމުތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބޭއްވޭ ބައްދަލުވުމެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ކައުންސިލް އިންތިހާބަށް އެމްޑީޕީން 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އަހަރީ ހިސާބް

31 މެއި 2017
ކައުންސިލް އިންތިހާބަށް އެމްޑީޕީން 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އަހަރީ ހިސާބް
11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
10 އެޕްރީލު 2017

ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި

10 އެޕްރީލު 2017
ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި
31 މާރިޗު 2017

އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!

31 މާރިޗު 2017
އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!
29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް