Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގައި ރިސާރޗް އިންސްޓިޓިއުޓެއް

މޫސުމީ ބަދަލުތަކާ ގުޅޭ ރިސާރޗް އިންސްޓިޓިއުޓެއް އައްޑޫގައި ޤާއިމުކުރަނީ

1 ފެބުރުއަރީ 2021 | ހޯމަ 13:57

އެމްއެންޔޫ ކައުންސިލްގެ 300 ވަނަ ބައްދަލުވުން އައްޑޫގައި ބޭއްވުމަށް ވަނީ ނިންމާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 1 ފެބުރުއަރީ 2021 | ހޯމަ 13:57
އެމް.އެން.ޔޫއިން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމް.އެން.ޔޫއިން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މޫސުމީ ބަދަލުތަކާގުޅޭ ރިސާރޗް އިންސްޓިޓިއުޓެއް ހިތަދޫ ކެމްޕަސްގައި ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި، އެމް.އެން.ޔޫ ހިތަދޫ ކެމްޕަސް 02 ގައި ދެ ފަންގިފިލާގެ އިމާރާތެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. މިގޮތުން އެ އިމާރާތުގައި އެ ޔުނިވަރސިޓީގެ ބުކްޝޮޕެއް ޤާއިމުކުރުމާއި، އިމާރާތުގެ ބައިތައް އޮފީސް ހިންގުމަށާއި، ޢާންމުންނަށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ސިޓީ ބުސްތާންގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ފެށުމުގެ ގޮތުން، ސިޓީ ކައުންސިލާއި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް (އޭ.ޕީ.ސީ) ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ދަނާލުގެ އާ ޢިމާރާތެއް ޤާއިމުކުރުމާއި، ކެމްޕަސް 02ގެ އެކޮމޮޑޭޝަން އަޕްގްރޭޑް ކުރުމުގެ އިތުރުން، އެ ކެމްޕަހުގައި ފަތުރުވެރިކަމާގުޅޭ ކޯސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެގޮތުން މި އަހަރުގެ ދެވަނަ ޓާމުގައި އެ ކެމްޕަހުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތައް ފެށުމަށް ރާވާފައިވާ ކަމުގައި އެމް.އެން.ޔޫން ހާމަކުރިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އެމް.އެން.ޔޫގެ ހިތަދޫ ކެމްޕަހުގައި ފުޓްސަލްއާއި، ނެޓްބޯޅަ އަދި ހޭންޑްބޯޅައިގެ އިތުރުން ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. މިގޮތުން އެ ހޯލު އެންމެ ރަނގަޅު ގޮތުގައި އިމާރާތްކޮށް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރިއެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި، ސިޓީ ބާޒާރުގައި މިހާރު ހުރި ފިހާރަތައް ބޮޑުކުރުމާއި، އިތުރު ފިހާރައާއި ކޮފީ ޝޮޕެއްގެ އިތުރުން ފާޚާނާ ބަރިއެއްވެސް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

މި ބައްދަލުވުމުގައި އެމް.އެން.ޔޫން ހާމަކުރި ގޮތުގައި އެ ޔުނިވަރސިޓީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ދަށުން މޫސުމީ ބަދަލުތަކާ ގުޅޭ ކޯސްތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން، އެމް.އެން.ޔޫގެ ހިތަދޫ ކެމްޕަހުގައި މޫސުމީ ބަދަލުތަކާ ގުޅޭ ރިސާރޗް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށާއި، މި ފެބުރުވަރީ މަހުގެ މެދުތެރޭގައި މި މަސައްކަތް ފެށިގެންދާނެ ކަމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ހާމަކުރިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކައުންސިލްގެ 300 ވަނަ ބައްދަލުވުން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ އާއި ޑެޕިޔުޓީ މޭޔަރގެ އިތުރުން ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފާއި، ޑެޕިޔުޓީ ވައިސް ޗާންސެލަރ ހުސައިން ހަލީމް އަދި ހިތަދޫ ކެމްޕަހުގެ މެނޭޖަރ އިދުހާމް ފަހުމީވެސް ބައިވެރިވެޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް