Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބްދުއްރަހީމްގެ ޝަރީޢަތް

ދަޢުވާއަށް ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވައިދިނުމަށް އަދުރޭ އެދެފި

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ދުވަހު، އަބްދުއްރަހީމް ވަނީ، ހުކުމް ކުރި ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑިހުތުރުބަސް ބޭނުންކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2021 | އާދީއްތަ 05:24
ޕީ.އެން.ސީ.ގެ ރައީސް އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޕީ.އެން.ސީ.ގެ ރައީސް އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅޮ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވައިދެއްވުމަށް އަބްދުއްރަހީމް އެދެފިއެވެ.

ކްރިމިނަލް ކޯޓުގައި އާދިައްތަ ދުވަހު ކުރިއަށްދިޔަ މި އަޑުއެހުމުގައި، އަބްދުއްރަހީމްގެ ޤާނޫނީ ވަކީލު ވިދާޅުވީ، ދަޢުވާ ސާފުވެއްޖެކަން ކަނޑައެޅުމާއި ދަޢުވާއަށް ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވައިދިނުމަށް އެދޭ ކަމަށެވެ. ސަބަބަކީ، މި މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ ވެސް އަޑުއެހުން ބާއްވަން އޮތްދުވަހުކަމަށްވާތީ، އެލިޔުންތައް ބަލައި ދިރާސާކޮށްލަން ވަގުތުކޮޅެއް ބޭނުންވާތީ ކަމަށް ޤާނޫނީ ވަކީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމްގެ ޤާނޫނީ ވަކީލު އެހެން ވިދާޅުވުމުން މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބޭއްވޭނެކަން އިޢުލާން ކުރައްވައި އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ އަބްދުރައްހީމްގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާ އިއްވުމަށްފަހުގައެވެ. ދައުލަތުން އަބްދުއްރަހީމްގެ މައްޗަށް ކުރާ ދަޢުވާގައި ބުނެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައިހުރެ، ހަޑިހުތުރު އެއްޗެހިކިޔައި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެދައުވާގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަސް ފަނޑިޔާރުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރުބަސް ބޭނުންކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު ބާއްވާފައި މިވަނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އަބްދުއްރަހީމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުމެވެ.

ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އިދިކޮޅު ކޯލިޝަނުން ކޯޓުތައް ހިމެނޭ ސަރަޙައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދަޢުވާއުފުލުމާ ގުޅިގެންނެވެ. ދަޢުވާ އުފުލާފައިވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރި ގއ. ވޮޑަމުލާ ކިޔާ ފަޅުރަށެއްގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައެވެ. އެމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެދުވަހު ވެސް ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒަހާރަކޮށްފައި ވެސް ވެއެވެ.

އަބްދުއްރަހީމްގެ މައްޗަށް ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދަޢުވާ އުފުލާފައިވާއިރު، މިފަހުން ބާއްވާ މުޒާހަރާތަކާއި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭއަދަބީ ބަސް ބޭނުންކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން 26 ސެޕްޓެންބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ އަބްދުއްރަހީމް ވަނީ ލައިވް ޓީވީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް ނިސްބަތްކޮށް އަވަގުރާނަ ވެސް ގޮވާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރަމުންދާ އަބްދުއްރަހީމް ހައްޔަރުކޮށްފައި ވެސް ވެއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު