Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް

ސީޕީއައި އިން 14 ޕޮއިންޓްގެ ކުރިއެރުމެއް ލިބުމަކީ ބޮޑު ހިތްވަރެއް - އާހިދް

28 ޖެނުއަރީ 2021 | ބުރާސްފަތި 17:36

2019 ވަނަ އަހަރުގެ ސީ.ޕީ.އައި އާއި އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖެނުއަރީ 2021 | ބުރާސްފަތި 17:36
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދް

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދް

2019 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އާއި އަޅާ ބަލާއިރު، ރާއްޖެއިން 14 ޕޮއިންޓް ކުރި ހޯދައި، 2020 ވަނަ އަހަރު ގައުމުތަކުގެ ތަރުތީބުން 55 ދަރަޖަ ކުރި ލިބުމަކީ ގައުމެއްގެ ގޮތުގައި އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާހިދް ވިދާޅުވީ މިދާ ރޭޓުގައި ރަނގަޅު ބަދަލުތަކެއް ގެންނަމުންދާ ކަަމަށްވާނަމަ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި މިއަށްވުރެ މައްޗަށް ގޮސް ބޫޓާން ފަހަނައަޅައި ދެވިދާނެކަމަށެވެ.

Advertisement - newsAdvertisement

ވުމާއިއެކު ކޮރަޕްޝަން ހުއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެ އާހިދް ވިދާޅުވީ ސިޔާސީ ފަރާތެއް، ނުވަތަ އާއްމު ރައްޔިތެއް ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

މީގެ އިތުރުން އާހިދް ވިދާޅުވީ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއަކީ މުޅި ދުނިޔޭގައިވެސް ގައުމެއްގެ ކޮރަޕްޝަން އޮންނަވަރު ބަލައިގަންނަ އެންމެ ބޮޑު އިންޑެކްސް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ބަލައިގަންނަ އެއްޗެއް ކަމަށް އާހިދް ވިދާޅުވިއެވެ.

އެގޮތުން ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް ޕޮއިންޓު މަތިވުމުން އޭގެ ސަބަބުން ފައިދާ ލިބޭ ކަމަށާއި ފައިދާއަކީ ބޮޑެތި ޖަމިއްޔާތަކުން އަދި ބޮޑެތި ވިޔަފާރިތަކުން ޕޮއިންޓު މަތި ގައުމުތަކުގައި ވިޔަފާރި ކުރުމަށް ވިސްނުންކަން އާހިދް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ގައުމެއްގައި އިންވެސްޓްކުރުމުގެ ކުރިން ފާއިތުވި އަހަރުތަކުގައި އެގައުމެއް އޮތީ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް ޕޮއިންޓުގެ ގޮތުން ކިތައް ވަނައިގައިތޯ ބަލާކަމަށް ވެސް އާހިދް ވަނީ ވިދާޅުވެފައެވެ.

އާހިދް ވިދާޅުވީ މި އިންޑެކްސްގައި ޕޮއިންޓު މަތި ކުރުމަކީ މި ސަބަބުތަކަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މި ޕޮއިންޓް މަތި ވަމުންދާ ވަރަކަށް ގިނަ އިންވެސްޓަރުން ލިބޭނެ ކަމަށް އާހިދް ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ގައުމުގެ އިގްތިސާދު ކުރިއެރުމާއި ސީދާ ގުޅިފައިވާ ކަމެއްކަމަށް ވެސް އާހިދް ވިދާޅުވިއެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) ގެ ފަރާތުން ނެރުނު2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް(ސީ.ޕީ.އައި) އިން 2020 ވަނަ އަހަރުގެ ސީ.ޕީ.އައިގައި ރާއްޖެ 14 ޕޮއިންޓު މައްޗަށް ޖެހިލުމާއިއެކު އެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް އާހިދް މަރުހަބާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް