Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސްޕްލާންޓް ގާއިމް ކުރުން

އުތުރުގެ މަސްވެރިންނަށް އުފާވެރިކަން، ހޯރަފުށީގައި އައިސްޕްލާންޓް ގާއިމް ކުރަނީ!

އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2021 | ބުދަ 13:40
ބުދަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުތުރުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހއ.ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ވަރޗުއަލްކޮށް މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ. އަދި ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި މިމަޝްރޫއު ކުރިއަށް ގެންދާއިރު، ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޗަންޕާ ބްރަދަރސްއިންނެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ސާރާ މުހައްމަދެވެ.

މިމަޝްރޫއާ ބެހޭ ގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށެވެ.

4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ. އަދި މިފްކޯއިން ހޯރަފުށީގެ ބިމަށް ކުލި ދައްކާއިރު ޕްރޮފިޓް، ކައުންސިލްއާ ޝެއަރ ކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ހޯރަފުށީގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިމަޝްރޫއާއެކު މަސްވެރިކަމުގެ އާއިލާތަކަށާއި، ރަށުގެ ތަރައްގީއަށް ބޮޑު ފައިދާއެއްް ލިބޭނެ ކަމަށެވެ.

ވަހީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގިނަައި ހެޔޮ ބަދަލުގެ ސަބަބުން މިހާރު ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށާއި، ރަނގަޅު ފުރުސަތުތަކެއް ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ފުރުސަތުތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު

24 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު
17 ނޮވެމްބަރު 2017

ރައީސް ޔާމީން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދާލަތާއި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާފަ:ޑިފެންސް މިނިސްޓަރު

17 ނޮވެމްބަރު 2017
ރައީސް ޔާމީން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދާލަތާއި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާފަ:ޑިފެންސް މިނިސްޓަރު
12 އޮކްޓޯބަރު 2017

ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ

12 އޮކްޓޯބަރު 2017
ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ
28 ސެޕްޓެމްބަރު 2017

މި ދައުރުގައި އިތުރު ފްލެޓަކަށް ދެން ނުވަދެވޭނެ، އެކަމަކު ފްލެޓްގެ އުފާވެރިކަން ލިބޭނެ: މުއިއްޒު

28 ސެޕްޓެމްބަރު 2017
މި ދައުރުގައި އިތުރު ފްލެޓަކަށް ދެން ނުވަދެވޭނެ، އެކަމަކު ފްލެޓްގެ އުފާވެރިކަން ލިބޭނެ: މުއިއްޒު
18 ޖޫން 2017

ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި

18 ޖޫން 2017
ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު