Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެޑްވޭވް

އާ ވައްތަރެއްގެ ހިކި ކިރެއް ރެޑްވޭވްއިން ތަޢާރަފުކޮށްފި

މަޖަން ހިކި ކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭގޮތަށް ފައްކާކުރެވިފައިވާ ހިކި ކިރެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2021 | ބުދަ 07:38
ރެޑްވޭވް އިން ތަޢާރަފުކޮށްފައިވާ ހިކި ކިރު

ރެޑްވޭވް އިން ތަޢާރަފުކޮށްފައިވާ ހިކި ކިރު

ނިއުޒިލެންޑްގެ ކޮލިޓީ ރަނގަޅު ހިކިކިރެއް ރެޑްވޭވް އިން ތަޢާރަފުކޮށްފިއެވެ.

ރެޑްވޭވް އިން ބާޒާރަށް ތައާރަފުކޮށްފައިވަނީ މަޖަން ބްރޭންޑުގެ ހިކިކިރެވެ. މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި މިނޫންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކިކުރު ފޯރުކޮށްދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. މިކުންފުނީގެ ނަމުން ނަންދެވިފައިވާ މަޖަން ހިކި ކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭގޮތަށް ފައްކާކުރެވިފައިވާ ހިކިކިރެކެވެ.

މީގެ އިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއް ރައްކާކުރެވި މި ހިކި ކިރު ބަންދު ކުރެވިފައިވަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުންވެސް މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާ އެކު ފަސޭހަކަމާ އެކު ގިރާލެވެއެވެ.

މީގެ އިތުރުންވެސް މަޖަން ކިރަކީ އޭގެ ފައިދާ ލިބިދިނުމަށް ހެނދުނުގެ ނާސްތާ ސީރިއަލް އަށާއި، ކެއްކުމަށާއި، ބޭކްކުރުމަށާއި، ފޮނިކާތަކެތި ތައްޔާރުކޮށްލުމަށް ވެސް މިހާރު ގެ މާރކެޓުގައި ހުރި އެންމެ އެކަށޭނަ އެއް ހިކި ކިރެއް ކަމަށް ރެޑްވޭވްއިން ބުނެއެވެ.

ރެޑްވޭވްއިން ބުނި ގޮތުގައި އެކުންފުނިން ހިކިކިރެއް ތަޢާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގު އިންތިހާއަށް އުފުލުމާއެކުގައެވެ. އެގޮތުން މިވަގުތަކީ ރައްޔިތުންގެ އަތްމަތިދަތި ވަގުތަކަށްވުމާ އެކު، އަމިއްލަ ހިކި ކިރެއް ގެނެސް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައެވެ.

މަޖަން ހިކި ކިރު މިހާރު މާރކެޓުގައި ހުރި ހިކި ކިރަށްވުރެ %20 އާއި %30 ދެމެދު އަގުހެޔޮ ވާނޭކަމުގައި ރެޑްވޭވްއިން މަޢުލޫމާތު ދެއްވައެވެ. މަޖަން ހިކި ކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުންނެވެ. އިތުރު މަޢުލޫމާތު 9194499 ނަންބަރުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2020

މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި

29 މާރިޗު 2020
މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި
03 ފެބުރުއަރީ 2020

ހައިސެންސް ޝޯރޫމެއް ރެޑްވޭވްއިން ހުޅުވަނީ

03 ފެބުރުއަރީ 2020
ހައިސެންސް ޝޯރޫމެއް ރެޑްވޭވްއިން ހުޅުވަނީ
16 ޑިސެމްބަރު 2019

ދިރާގު ޕޭ އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކޭޝްއިން ކުރުމުގެ ޚިދުމަތް ތަޢާރަފުކޮށްފި

16 ޑިސެމްބަރު 2019
ދިރާގު ޕޭ އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކޭޝްއިން ކުރުމުގެ ޚިދުމަތް ތަޢާރަފުކޮށްފި
13 ޑިސެމްބަރު 2019

ރެޑްވޭވްއިން މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

13 ޑިސެމްބަރު 2019
ރެޑްވޭވްއިން މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި
07 ނޮވެމްބަރު 2019

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި ތަޢާރަފުކޮށްފި

07 ނޮވެމްބަރު 2019
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު