Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑްގެ ކޭސްތައް މިއަދު ވެސް 100ން މަތީގައި

25 ޖެނުއަރީ 2021 | ހޯމަ 17:22

އާދީއްތަ ދުވަހު ބަލިން ރަނގަޅުވީ 35 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޖެނުއަރީ 2021 | ހޯމަ 17:22
ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި 109 މީހުންނާއެކު ރާއްޖޭގެ ކޮވިޑްގެ ކޭސްތައް 15،000 ފަހަނައަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް 109 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ މި ފަހުން ރާއްޖޭގެ ޕޮޒިޓިވް ކޭސްތައް ޖެހިޖެހިގެން 100ން މަތީގައި ރިޕޯޓް ކުރެވުނު ދެވަނަ ދުވަހެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ޕޮޒިޓިވްވި 109 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 78 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 20 މީހުންނެވެ. އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް 4،742 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ.

މި މުއްދަތުގައި 35 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 1160 ކޭސް ފާހަގަ ކުރެވެއެވެ. އަދި މީގެ ތެރެއިން 87 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ. އާދީއްތަ ދުވަހު މި އަދަދު ހުރީ 80ގައެވެ. އެހެންކަމުން އިތުރު 7 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރަށް ފަރުވާދޭން ފަށާފައިވެއެވެ.

އާދީއްތަ ދުވަހު ރިޕޯޓް ކުރެވުނު 109 ކޭސްއާއެކު ރާއްޖޭގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 15،102ށް އަރާފައެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13،884 މީހުންނެވެ. ރާއްޖޭގައި މިހާތަނަށް 390،396 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 36 ވަނަ ހަފްތާގައި ފުލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓް 1 އިންސައްތަ ދަށަށް ދިޔަ ނަމަވެސް 37 ވަނަ ހަފްތާގައި މި ނިސްބަތްވަނީ 4 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. މީގެ އިތުރުން ރިކަވަރީ ރޭޓް 95 އިންސައްތައިގައި ހުރުމަށްފަހު ކޭސްތައް އިތުރުވުމާއެކު މި އަދަދު ވެސް ވަނީ 92 އިންސައްތައަށް ދަށްވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނުތާ އާދީއްތަ ދުވަހަށް 324 ދުވަސް ވެފައިވާއިރު، މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް