Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާ - ރާއްޖެ

ރާއްޖެއާއި ޗައިނާއާ ދެމެދު ހައި-ލެވެލް މަޝްވަރާތަކެއް މިމަހުގެ 26 ވަނަ ދުވަހު ބާއްވަނީ

މި ފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަރޗުއަލްކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 06:49
ޗައިނާއާއެކު ފޮރިން މިނިސްޓްރީން މީގެ ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން

ޗައިނާއާއެކު ފޮރިން މިނިސްޓްރީން މީގެ ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބުރު މި މަހުގެ 26 ވާ އަންގާރަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކޮވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށްޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިޢާދަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާ ކުރާނެއެވެ.

މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަރޗުއަލްކޮށެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2017

ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

25 ޖުލައި 2017
ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
20 ޖުލައި 2017

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
27 ޖޫން 2017

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު