Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަތަރުގެ ޓްރެވަލް ބަބުލް

ޑިމާންޑް ބޮޑުވެ، ޤަތަރުގެ ޓްރެވަލް ބަބުލްގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

25 ޖެނުއަރީ 2021 | ހޯމަ 04:30

މިހާރު އޮތްގޮތުން ނަމަ ޓްރެވަލް ބަބްލްގެ މުއްދަތު ހަމަވާނީ މިމަހުގެ ނިޔަލަށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 ޖެނުއަރީ 2021 | ހޯމަ 04:30
ޤަތަރު އެއަރލައިންސްގެ ފްލައިޓެއް

ޤަތަރު އެއަރލައިންސްގެ ފްލައިޓެއް

ރާއްޖެއަށް ތަޢާރަފްކުރި ޤަތަރު އެއަރވޭސްގެ ސޭފް ޓްރެވަލް ބަބުލްގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ. ރާއްޖެއަށް ރަނގަޅު ޑިމާންޑެއް އޮތުމުން ޤަތަރު އެއާވޭސްއިން ރާއްޖެއަށްކުރާ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ. ޤަތަރު އެއަރވޭސްއިން މިހާރު ދަނީ ދުވާލަކު 4 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ޤަތަރު އެއަރވޭސްގެސޭފް ޓްރެވަލް ބަބުލްގެ މުއްދަތު ރާއްޖޭގައި އިތުރުކުރިކަން ހާމަކޮށް ޤަތަރު އެއަރވޭސްއިން ވަނީ މުއްދަތު އިތުރުކުރުމުން މިހާރު ފެބްރުއަރީ 15އާއި ހަމައަށް ޓްރެވަލް ބަބްލްއަށް ބުކްކުރެވޭނެކަން ހާމަކޮށްފައެވެ. އަދި މި ބަބުލްގެ ދަށުން ފެބްރުއަރީ 20އާ ހަމައަށް ދަތުރުކުރެވޭނެކަމަށް ޤަތަރު އެއަރވޭސްއިން މަޢުލޫމާތުދެއެވެ.

މި ޕެކޭޖް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. ނަމަވެސް ޑިމާންޑް އިތުރުވުމުން 31 ޖެނުއަރީއާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ޤަތަރު އެއާވޭސްގެ ސޭފް ޓްރެވެލް ބަބުލްއަކީ ޤަތަރުގެ ރައްޔިތުންނާއި އެޤައުމުގެ ދިރިއުޅެމުންދާ މީހުންނަށް ޚާއްޞަ ޕެކޭޖެކެވެ. ޤަތަރު އެއާވޭސްއިން މަޢުލޫމާތުދިން ގޮތުގައި މިގޮތަށް އަންނަ ފަތުރުވެރިން ރާއްޖެ އަންނާނީ ކޯވިޑްއަށް ޓެސްޓު ކުރުމަށް ފަހުއެވެ. އަދި އަނބުރާ ޤައުމަށް ދިއުމަށްފަހު ރެޕިޑް ޕީސީއާރު ޓެސްޓެއް ހަދާނެއެވެ. މި ޓެސްޓުގެ ނަތީޖާ ނެގެޓިވްވާ ފަރާތްތައް އެޤައުމުގައި ކަރަންޓީނުވާން ނުޖެހޭނެކަމަށް އެއާރލައިން ބުނެއެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެއަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
09 މާރިޗު 2017

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް