Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަތައް

ހައިކޯޓުގެ 3 ފަނޑިޔާރުން ހިމެނޭ ގޮތަށް ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ

24 ޖެނުއަރީ 2021 | އާދީއްތަ 14:29

ޖޭއެސްސީއަށް ހުށައެޅޭ މައްސަލަތައް ބަލައި، ނިންމާ ސްޕީޑު ކުރިއަށްވުރެ އަވަސް

އަތޫފް އާތިފް
އަތޫފް އާތިފް | 24 ޖެނުއަރީ 2021 | އާދީއްތަ 14:29
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖޭއެސްސީން ނިންމާ މައްސަލަތައް ދަނީ އިތުރުވަމުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖޭއެސްސީން ނިންމާ މައްސަލަތައް ދަނީ އިތުރުވަމުން

ހައިކޯޓުގެ 3 ފަނޑިޔާރުން ހިމެނޭ ގޮތަށް ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން މައްސަލަ ބަލަމުން ގެންދާ ހައިކޯޓުގެ ތިން ފަނޑިޔާރުންނަކީ އަލްއުސްތާޛް އަބްދުއްރައޫފް އިބްރާހީމާއި، އަލްއުސްތާޛް އަބްދުﷲ ހަމީދް އަދި އަލްއުސްތާޛް އަލީ ސަމީރު ކަމަށެވެ. މި ތިން ފަނޑިޔާރުންގެ މައްޗަށް އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާން ކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތިމަތު ފަރްހީޒާ ވަކިން ބައްދަލު ކުރެއްވި ކަމަށް ބުނާ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ޖޭއެސްސީއިން ވަނީ ބުނެއެވެ.

މީގެ އިތުރުން ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަލީ ޝަފީގުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ގެންދަނީ ބަލަމުންނެވެ. ޖޭއެސްސީއިން ބުނީ ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅު ގަޟިއްޔާއަކާ ގުޅިގެން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާއިމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ގަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއްވެފައިވާތީ، މިއީ މައްސަލަ ބަލާ އިސްމެޖިސްޓްރޭޓް އަލީ ޝަފީގު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުންކަމަށް ބުނާ މައްސަލަ ކަމަށެވެ.

ޖޭއެސްސީއަށް ހުށައެޅޭ މައްސަލަތައް ބަލައި، ނިންމާ ސްޕީޑު ކުރިއަށްވުރެ އަވަސްވެފައިވާއިރު، އެ ކޮމިޝަނުން މިހާރު ގެންދަނީ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި މައްސަލަތައް ބެލުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅިގެން ސުލޫކީ މައްސަލައެއް ހުށައެޅިއްޖެނަމަ، އެ މައްސަލަތައް ކުރިއަށްދާ, ނުދާ ގޮތްވެސް ރައްޔިތުންނަށް ގެންދަނީ ހާމަ ކުރަމުންނެވެ. އެއާއެކު، ޖޭއެސްސީއަށް އާންމުން ކުރާ އިތުބާރުވެސް އެތައް ގުނައަކަށް އިތުރުވެފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުވެސް ވަނީ، މީގެ ކުރިންވެސް ފަނޑިޔާރުންނާ ގުޅިގެން ޝަކުވާ ހުށައެޅޭ ކަމަށާއި، ނަމަވެސް އޭރު އެ ޝަކުވާތަކަށް ވާނުވާ ރައްޔިތުންނަށް ވެސް އޮޅުން ނުފިލާކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މިހާރު ޖޭއެސްސީން އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައިކަން ފާހަގަ ކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، ފަނޑިޔާރުން މަޤާމަށް ހޮއްވަވާއިރުވެސް އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި، ފަނޑިޔާރަކާއި ގުޅިގެން ހުށައެޅިފައިވާ ތުހުމަތުތަކަށް ރިއާޔަތް ކުރައްވައި ބައްލަވާ ކަމަށެވެ.

އައު މެމްބަރުންތަކާއެކު ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކަށް މިއަދު ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅިގެން ހުށައެޅޭ ސުލޫކީ މައްސަލަތައް ބަލަމުންދާއިރު، ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުޤީޤު ކުރުމަށްފަހު ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މަންޒަރުވެސް މިއަދު ފެންނަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް