Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓް މުވައްޒަފުންގެ ކަރަންޓީން

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

ރިސޯޓް މުވައްޒަފުން ދަތުރުކުރުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ޖެނުއަރީ 2021 | އާދީއްތަ 03:41
ރިސޯޓެއްގެ މުވައްޒަފެއް

ރިސޯޓެއްގެ މުވައްޒަފެއް

ރިސޯޓްތަކުގެ ޙާލަތު ގޯސްވެ މުވައްޒަފުން 10 ދުވަހުގެ ކަރަންޓީނާ ނުލާ ދަތުރުނުކުރެވޭގޮތް ހަދައިފިއެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ މުވައްޒަފުން ވެސް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރަންޖެހޭގޮތަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ.

19 ޖަނަވަރީގައި ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ސަރކިއުލާއެއްގައި ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭގޮތަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައެވެ. މި އުސޫލުގައި ކުރިން ކަނޑައަޅާފައިވާގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހެއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މި އުސޫލަށް ގެނައި ބަދަލުގެ ސަބަބުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުން ވިޔަސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި މަސައްކަތަށް ނިކުމެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ލިބުމުންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރިސޯޓްތަކުގައި ކޮވިޑް19ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެންކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އެގޮތުން ރިސޯޓްތަކުން ފެންނަ ގިނަ ކޭސްތަކަކީ އެ ރިސޯޓްތަކުގެ މުވައްޒަފުންގެ ކިބައިން ފެންނަ ކޭސްތަކެއް ކަމުން، މި ފިޔަވަޅުގެ ސަބަބުން މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އެހީވެދޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދުވެފައި އޮތުމަށްފަހު އަލުން ހުޅުވައިލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓުއަރިޒަމް މިނިސްޓްރީއާއި އެޗް.ޕީ.އޭ ގުޅިގެން ވަނީ ޚާއްޞަ އުސޫލުތަކެއް ކަނޑައަޅާފައެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮވިޑް 19 އާއި ގުޅިގެން އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒުކުރުމަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި ތަފާތު ގޮންޖެހުންތަކާއެކު ވެސް ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަރުވާ އާރޯކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށާއި ދެއްވާ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު