Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު

އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު ވެސް ކުރިމަތިލައްވައިފި

ރިޔާސީ އިންތިޚާބު މި މަހުގެ 30 ވަނަ ދުވަހު އޮންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2021 | ހުކުރު 22:49
އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު

އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވެސް ކުރިމަތިލައްވައިފިއެވެ.

ޢަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތު، މި މަހުގެ 21 ވަނަ ދުވަހު ހަމަވިއިރު، އެ މަޤާމަށް 2 ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޢަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންނަކީ ހޯމް މިނިސްޓަރ އަދި މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވަމުންދާ ޢިމްރާން ޢަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް މިނިސްޓަރު ޢިމްރާން ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ވަނީ ގެނެސްފައެވެ. އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އިޢުލާނު ކުރި ހިސާބުން ފެށިގެން އެ ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައިގެ ޝަކުވާތައް ޕާޓީ ތެރޭގައި އޭރު ބޮޑުވިއެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމައިފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެލެމަށް ނުވަތަ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ގެ ކުރިން vote.adhaalath.org.mv ވެބްސައިޓުން ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބަލައި، ޝަކުވާއެއްވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ރިޔާސީ އިންތިޚާބު މި މަހުގެ 30 ވަނަ ދުވަހު އޮންނާނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު