Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ވަބާއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ވަނީ ފެއިލްވެފައި: ޚުތުބާ

22 ޖެނުއަރީ 2021 | ހުކުރު 08:51

މިއީ އަހަރެމެންގެ މުޖްތަމަޢުގައި އަށަގަނެފައިވާ، ވަރަށް ބޮޑު އިޖްތިމާޢީ ބައްޔެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖެނުއަރީ 2021 | ހުކުރު 08:51
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުން ނުކުންނަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުން ނުކުންނަނީ

ވައްކަމާއި ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ވަބާއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ގައުމުތަކުން ނާކާމިޔާބު ވެފައިވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހަލާލު ގޮތުގައި މުދާ ހޯދުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ވައްކަމާއި ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ވަބާއަކީ މުޖްތަމަޢުތައް ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި، މިއަދު ގައުމުތަކަށް މި ވަބާއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ނާކާމިޔާބު ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވައްކަމާއި، ފޭރުމާއި، މަކަރާއި، ޙީލަތުން މީސްމީހުންނާއި، ދައުލަތުގެ މުދަލަށް އަރައިގަތުމަކީ، އަހަރެމެންގެ މުޖްތަމަޢުގައި އަށަގަނެފައިވާ، ވަރަށް ބޮޑު އިޖްތިމާޢީ ބައްޔެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ބަލީގެ ސަބަބުން ގެއްލިގެން ދަނީ ހަމައެކަނި ވަކިވަކި ފަރުދުންގެ ހައްގުތައް ނޫން ކަމަށެވެ. ޚުތުބާގައި ބުނީ މި ބޮޑު ޖަރީމާގެ ސަބަބުން ވިޔަފާރިތަކާއި، ކުންފުނިތަކާއި، ދައުލަތުގެ އޮފީސްތަކާއި، މުއައްސަސާތަކަށް ވެސް އެކި މިންވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

އެގޮތުން ދިވެހި މުޖްތަމަޢުގައި ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، މަގުމަތިން ހިނގާފައިދާ މީހުންގެ ދަބަސް ޖަހައިގަނެގެން ފިލުމާއި، ގެއާއި އެހެނިހެން ތަންތަނުގައި، މޯބައިލް ފޯނު ބާއްވާފައި އޮއްވައި، ވަގަށްނެގުމާއި، ހަނދާންނެތިގެން ޓެކްސީގައި ބޭއްވޭ ދަބަހާއި، ފޯނު، ފަދަ އަގުބޮޑު ތަކެތި ވަގަށް ނެގުމާއި، މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލްތައް ވަގަށް ނެގުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އެކިއެކި އުކުޅުތައް ބޭނުންކޮށްގެން، ބޭންކު އެކައުންޓް ތަކުގައި ހުންނަ ފައިސާ ވަގަށް ނެގުމާއި، އެކިއެކި ކުންފުނިތަކުން ބޭންކަށް ގެންދެވޭ ފައިސާތަކަށް ފާރަލައި، އެ ފައިސާތައް ޖަހައިގަތުމާއި، ބޭންކުން ފައިސާ ނަގައިގެން ނުކުންނަ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އަތުން އެފައިސާ ފޭރިގަތުމާއި، ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ގަންނަ ތަކެއްޗާއި ކުރެވޭ ބިޑްތަކުން، ކަމާބެހޭ މުވައްޒަފުން، އެކިއެކި ފަރާތްތަކާ ގުޅިގެން، އެކިވަރުވަރުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ޖަރީމާތަކަކީ އޭގެ ސަބަބުން އަމިއްލަ ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން، ވިޔަފާރި ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާންޖެހިފައިވާ ކަންތައްތައް ކަމަށެވެ.

ޚުތުބާގައި ބުނީ ގޯތިގެދޮރަށްވަދެ، ރުއްގަސްތަކުގައި ހުންނަ ކާށްޓާއި، ކުރުނބާ އާއި ތަރުކާރީ އާއި މޭވާއިން ވައްކަން ކުރާ ބައެއް މީސްމީހުން، އެކަން ކުރަނީ، އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، އެންމެންގެ ލޮލަށް ފެންނަ ފަށުގައިކަން ކަމަށެވެ. މިކަން ކުރާ މީސްމީހުން މި ތަކެތި ވަގަށް ގެންގޮސް ނުއަގުގައި، ވިއްކާއިރު، ގިނަ ފަރާތްތަކުން އެ ތަކެތި ގަންނަނީ އެއީ ޙަރާމް ގޮތުގައި ހޯދާފައިވާ ތަކެތިކަން އެނގި ތިބޭ ޙާލުގައި ކަމަށްވާއިރު، އެ މީހުންނަށް ވެސް އެ ބައިވެރިވެވެނީ އެ ޖަރީމާގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ވިޔަފާރިކުރުމުގެ ނަމުގައި ފިހާރަތަކަށް ގޮސް، އެތަންތަނުގައި ހުންނަ އަގުބޮޑު ސެންޓާއި، ހެދުން ފަދަ ތަކެތި ވަގަށް ނަގައިގެން ދިއުމަކީ ވެސް މިކަންތައްތަކުގެ ތެރޭގައި ހިމެނޭ އަދި އޮފީސްތަކާއި މުއައްސަސާތަކުގައި ހުންނަތަކެތި، އެ ތަންތަނުގެ މުވައްޒަފުން ވަގަށް ނެގުމާއި، ނުވަތަ ހަލާކުވެގެން ނައްތާލި އެއްޗަކަށް ހެދުމަށްފަހު، ގެއަށް ގެންދިއުން ފަދަ އެތައް ކަމެއް މީގެތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ޚުތުބާގައި ފާހަގަކުރިއެވެ.

ވައްކަމުގެ ނުބައިކަން ބަޔާންކޮށް ޚުތުބާގައި ބުނީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކައިއުޅޭ މީހުންނަށް މި ދުނިޔެމަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާ ކަމަށެވެ.

ޚުތުބާގައި ބުނީ އިންސާނާގެ ހަށިގަނޑުގައި ޙަރާމް ތަކެތި ކައިގެން އުފެދުނު މަސް ޖަހާފައި ހުރިހާ ހިނދަކު، އޭނާގެ ދުޢާ އިޖާބަވުމަށް ހުރަސްއެޅޭނެ ކަމަށާއި، އެ މުދަލުން ތިމާގެ އަނބިދަރިންނަށް ކާންބޯން ދިނުމުގެ ނަތީޖާ އަކީ ވެސް ހަމަ އެއީ ކަމަށެވެ.

ޤިޔާމަތް ދުވަހު، އެފަދަ މީހަކަށް އެންމެ އަޢުލާވެގެންވާ ތަނަކީ ނަރަކަ ކަން، މާތް ނަބިއްޔާ ﷲ ވަނީ، އަންގަވާފައިވާއިރު، ވަގުތު ވަގުތު ފާއިތުވުމުގެ ކުރިން، ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް އަވަސްވެ ގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް