Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއައިޓީ ހިންގާ ކޯސްތައް

ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް ވަޒީފާގައި ތިބެގެން ވެސް ކިޔެވުމުގެ ފުރުސަތު!

21 ޖެނުއަރީ 2021 | ބުރާސްފަތި 08:53

އެ ދަރިވަރަކު ހުރި ރަށެއްގައި ހުރެގެން، ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް ސެޓްފިކެޓް-3 އާ ހަމައަށް ކިޔެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2021 | ބުރާސްފަތި 08:53
ރިސޯޓެއްގެ މުއައްޒަފެއް، މިޕްރޮގްރާމްތަކުގައި ބައިވެރިވުމުން މިސިނާޢަތުން ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތައް ލިބިގެންދާނެ

ރިސޯޓެއްގެ މުއައްޒަފެއް، މިޕްރޮގްރާމްތަކުގައި ބައިވެރިވުމުން މިސިނާޢަތުން ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތައް ލިބިގެންދާނެ

ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް ވަޒީފާގައި ތިބެގެން ވެސް ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީން (އެމްއައިޓީ) އިން ފަހިކޮށްދީފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުން އަހުލުވެރިކޮށް މި ދާއިރާގެ ފަންނީ ތަފާތު މަސައްކަތް ދަސްކޮށްދިނުމަށް އެމްއައިޓީއިން، 20 ޖެނުއަރީ 2021 ވަނަ ދުވަހު ވަނީ ވަރަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

Advertisement - newsAdvertisement

އެމްއައިޓީން ބުނީ މިޕްރޮގްރާމްގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތުގެ 10 ދާއިރާއެއް ފާހަގަކޮށް އެ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިއީ އެ ދަރިވަރަކު ހުރި ރަށެއްގައި ހުރެގެން، ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް ސެޓްފިކެޓް-3 އާ ހަމައަށް ކިޔެވޭނެ މަގު ފަހިވެފައިވާ ޕުރޮގްރާމެއް ކަމަށް އެ އިންސްޓިއުޓުން ބުނެއެވެ.

މި ތަޢާރަފު ކުރި ކޯސްތަކުގައި ބައިވެރިވުމަށް އެމްއައިޓީގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނަށް ރެޖިސްޓަރީ ވެވޭނެއެވެ. އަދި މި ޕްރޮގްރާމްގެ ކޯހަކަށް ދަރިވަރު ރަޖިސްޓްރީވުމާއެކު، ކިޔެވުމަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެމްއައިޓީ ލާރނިންގް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެއެވެ.

މީގެތެރޭގައި ކޯހުގެ ތިޔަރީ ފިލާވަޅުތަކާއި ޕްރެކްޓިކަލް ދަސްކުރަން އެހީވެދޭނެ ވީޑިޔޯއާއި ފިލާވަޅު ތަކުގެ ޕަވަރ ޕޮއިންޓް ޕްރެސެންޓޭޝަން އާއި އޮންލައިން ޓެސްޓާއި އެނޫނަސް ކިޔެވުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތްތައް ހިމެނެއެވެ. އެމްއައިޓީން ބުނީ މިފަދަ ފަންނީ ކޯހެއް ފުރިހަމަކުރަން ފުރުސަތު ލިބިފައި ނެތް އެތައް ދަރިވަރަކަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ހޯދޭނެ ކަމަށެވެ.

އެމްއައިޓީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރަމުން އަންނަ އުންމީދީ ޒުވާނުންނަށް މިހާރު އެ އަދާކުރަމުންދާ ވަޒީފާގައި ތިބެގެން ވެސް ކިޔެވޭނެ ކަމަށެވެ. އެހެން ރަށްރަށަށް ނުގޮސް އަމިއްލަ ރަށުގައި ތިބެގެން، ޓިވެޓް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް މި ޕުރޮގްރާމްގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ހުޅުވިފައިވާ ކަމަށް ވެސް އެމްއައިޓީން ބުނެއެވެ.

އެމްއައިޓީން މި ތަޢާރަފްކުރި ޕުރޮގްރާމްގައި ހިމެނޭ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ލިބޭ ސަނަދަކީ، ޓިވެޓް އޮތޯރިޓީއިން ވެސް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެސް ގަބޫލުކުރާ ގައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ސެޓުފިކެޓެކެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް