Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގެ ކޭސްތައް

ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު ވެންޓިލޭޓަރުގައި!

21 ޖެނުއަރީ 2021 | ބުރާސްފަތި 04:25

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 64 މީހަކު އެޑްމިޓްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2021 | ބުރާސްފަތި 04:25
ދަރުމަވަންތަ ހޮސްޕިޓަލް، ކޭސްތައް ދަނީ އިތުރުވަމުން

ދަރުމަވަންތަ ހޮސްޕިޓަލް، ކޭސްތައް ދަނީ އިތުރުވަމުން

ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި، އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

Advertisement - newsAdvertisement

ޑރ.ނަޒްލާ ވިދާޅުވީ ދަރުމަންވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ދެމީހަކަށް ފަރުވާ ދެމުންދާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯޑުގައި 64 މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ހަތް މީހުން އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި ތިން މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 79 މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފްލޫ ސާމްޕަލްތަކަށް ބަލާއިރު 162 ސާމްޕަލެއް ރާއްޖޭގެ އެކި ހިސާބުތަކުން ނެގިފައިފައިވާކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެޗް.ޕީ.އޭއި.ން އާންމުކުރި ތަފާސްހިސާބުތަކުގައިވާގޮތުން 79 މީހުން ޕޮޒިޓިވްވެފައި ވަނީ ނެގި 3،428 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން 36 މީހުންނަކީ މާލެ ސަރަހައްދުން ފެނިފައިވާ ކޭސްތަކެވެ. އަދި 35 ކޭސް ފެނިފައި ވަނީ ރިސޯޓުތަކުންނެވެ. މީގެ އިތުރަށް އަތޮޅުތެރެއިން ފެނުނު ހަ ކޭސްއެއްވެސް ހިމެނެ އެވެ. މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 14،712ށް އަރާފައެވެ.

މިހާތަނަށް 13،639 މީހުން މި ބަލިން ފަސޭހަވެފައިވާއިރު ރާއްޖެއިން މި ބަލީގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރާ ވަރު މަދުވެފައިވާތާ ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު 50 އިން މަތީގައި އުޅޭތާ ވެސް މިހާރު ވަނީ ހަފްތާއެއް ވެފައެވެ. މި ކޭސްތަކުގެ ތެރޭގައި އާންމުކޮށް ގިނައިން ފެންނަނީ ރިސޯޓުތަކާއި މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް