Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ ގިރާ ސަރަހައްދު

ހޯރަފުށީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

50 މީޓަރުގެ 5 ތޮށްޓާއި 30 މީޓަރުގެ އެއް ތޮށި ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 20 ޖެނުއަރީ 2021 | ބުދަ 18:07
ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްޓީސީއާ ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން

ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްޓީސީއާ ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން

ހއ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހެދުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގައި ހިމެނެނީ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް (ގްރޯއިންސް) ނުވަތަ މޫދު ތެރެއަށް ހުރަހަށް ހަދާ ތޮށިލުމުގެ މަސައްކަތެކެވެ. މީގެ ތެރޭގައި ހިމެނެނީ 50 މީޓަރުގެ 5 ތޮށްޓާއި 30 މީޓަރުގެ އެއް ތޮށި ގާއިމުކުރުމުގެ މަސައްކަތެކެވެ.

ހޯރަފުށީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ ސަރުކާރުން 6.34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 75 ދުވަހުން ނިންމާ ގޮތަށެވެ.

ހޯރަފުއްޓަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ރަށަކަށްވާއިރު، މި މައްސަލައަށް ހައްލު ގެނައުމަށް 2016 ވަނަ އަހަރުވެސް ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫއުގައި އެރަށުގެ ދެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހައިގެން 800 މީޓަރުގެ ސަރަޙައްދު ހިމާޔަތްކުރިއެވެ. އަދި ރަށުގެ އުތުރުފަރާތުގައި 570 މީޓަރުގެ ސަރަޙައްދެއް އަދި އިރުދެކުނު ފަރާތުގައި 230 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. ނަމަވެސް މިހާތަނަށް އެކަމުގައި އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2017

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް

10 ޑިސެމްބަރު 2017
އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް
12 އޮކްޓޯބަރު 2017

ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ

12 އޮކްޓޯބަރު 2017
ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ
17 ސެޕްޓެމްބަރު 2017

ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު

17 ސެޕްޓެމްބަރު 2017
ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު
28 ޖޫން 2017

ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް

28 ޖޫން 2017
ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް
19 ޖޫން 2017

މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް

19 ޖޫން 2017
މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް
18 ޖޫން 2017

ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި

18 ޖޫން 2017
ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި
01 ޖޫން 2017

ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް

01 ޖޫން 2017
ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް
17 އެޕްރީލު 2017

ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް

17 އެޕްރީލު 2017
ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް
12 އެޕްރީލު 2017

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

12 އެޕްރީލު 2017
މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު