Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ވެކްސިން ރާއްޖެ ގެނައުން

އިންޑިއާގެ އެހީ ހެލްތު މިނިސްޓަރ ސިފަކުރެއްވީ އިޤުތިޞާދީ ރިކަވަރީގެ ފެށުމުގެ ގޮތުގައި

ކޮވިޑް ވެކްސިނާއެކު ރާއްޖެއަށް އުންމީދުތަކެއްވެސް ލިބިގެން ގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2021 | ބުދަ 12:13
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ވާހަކަފުޅު ދައްކަވަނިކޮށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ވާހަކަފުޅު ދައްކަވަނިކޮށް

ރާއްޖޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަމުންގެންދާ އެހީތެރިކަމަކީ ރާއްޖޭގެ އިޤުތިޞާދީ ރިކަވަރީގެ ފެށުމުގެ ގޮތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސިފަކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން ހަވާލު ކުރުމަށް ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ އިންޑިއާއިން ރާއްޖެއާ މެދު ބަހައްޓާ ގާތްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެވެސް ކޮވިޑުގެ ބިރުވެރިކަން ތަޙައްމަލު ކުރަމުންދާއިރު، އިންޑިއާއިން މިހާތަނަށް ހަމައެކަނި މާލީ އެހީގެ ގޮތުގައިވެސް 250 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރުންވެސް ބޭހާއި، އިންސާނީ ވަސީލަތްތައް ފޯރުކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ކޮވިޑް ވެކްސިނާއެކު، ރާއްޖެއަށް އުންމީދުތަކެއްވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން ކޮވިޑުގެ ވަބާއިން ސަލާމަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. އެގޮތުން މި ފިޔަވަޅާއެކު ރާއްޖެ ވެއްޓިފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމުގެ ބުރަ މަސައްކަތްވެސް ފުޅާވެގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވައި، ރާއްޖެއިން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއިން ގެންގުޅޭ "ނެއިބަރހުޑް ފަރސްޓް ޕޮލިސީ" ފާހަގަކުރައްވައި، މިނިސްޓަރ ވަނީ އެކަމަށްވެސް ތަޢުރީފު ކުރައްވާފައެވެ.

އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން ރާއްޖެއައި އެއަރ އިންޑިއާގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 14:42 ހާއިރުއެވެ. އެއާއެކު ރާއްޖޭގައި މި ވެކްސިން ރަޖިސްޓަރކޮށް ބޭނުންކުރުމަށްޓަކައި ބަލަންޖެހޭ ކަންކަމާއި، ވާން ޖެހޭ ތައްޔާރީތައްވެސް ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު