Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ އިޤުތިޞާދު ކުރިއެރުން

މިދިޔަ ކުއާޓަރުގައި ޗައިނާގެ އިޤުތިޞާދަށް ކުރިއެރުމެއް

ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ 2.3 އިންސައްތައިން އިތުރުވެފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ޖެނުއަރީ 2021 | އަންގާރަ 14:00
ޗައިނާގެ ފެކްޓްރީއެއްގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަނިކޮށް

ޗައިނާގެ ފެކްޓްރީއެއްގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަނިކޮށް

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކުވެސް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އިޤުތިޞާދަށް ކުރިއެރުން ލިބިފައިވާ ކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ގައުމުގެ އިޤުތިޞާދަށް ވަނީ ކުރިން އަންދާޒާކޮށްފައި ނުވާވަރުގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ 2.3 އިންސައްތައިން އިތުރުވެފައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގައި ބައިނަލްއަޤުވާމީ މާލީ އިދާރާއެއް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާޒާކުރި 1.9 އިންސައްތައިގެ ކުރިއެރުމަށްވުރެ ހަލުވި މިންވަރެކެވެ.

ޗައިނާގެ އިޤުތިޞާދު ވެގެން ގޮސްފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައި ބޮޑެތި އިޤުތިޞާދުތަކުގެ ތެރެއިން ކުރިއެރުން ލިބުނު ހަމައެކަނި އިޤުތިޞާދަށެވެ. އަދި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާފައި ނުވާހާ ހަލުވި ދުވެއްޔެއްގައި މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.4 އިންސައްތައިން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ ޗައިނާގެ އިޤުތިޞާދަށް ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމުން މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ލިބިފައެވެ. އެގޮތުން ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އެމެރިކާ އާއި ޗައިނާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންފަދަ މައްސަލަތަކާ ގުޅޭ ސިޔާސަތުތައް ރޭވުމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސިހުމެއް ލިބިފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާގައި، ބައްޔާއި ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގައި ފެތުރެމުންދިޔަ ބަލިމަޑުކަންވަނީ އެހެން ޤައުމުތަކަށްވުރެ ހަލުވިކޮށް ކޮންޓްރޯލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު