Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލާއި ޔުނައިޓެޑް އެއްވަރު، ސިޓީ ދެވަަނައަށް

ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2021 | ހޯމަ 06:27
ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެއްވަރުވެއްޖެއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި ލިވަޕޫލުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، ގޯލާ އަމާޒުކޮށް އެ ދެ ހަމަލާވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ބްރޫނޯ ފެނާންޑޭސް އާއި ޕައުލް ޕޮގްބާ އޭރިއާ ތެރެއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ދެ ހަމަލާވެސް ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި މި ހާފުގައި ލިވަޕޫލުގެ ތިއާގޯ އަލްކަންޓާރާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ލިވަޕޫލް ބަލިކޮށްގެން ޔުނައިޓެޑަށް އެއްވަނައިގައި ލީޑުފުޅާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މެޗު އެއްވަރުވުމުން މި ވަގުތު ޔުނައިޓެޑަށް ލިބިފައި އޮތީ ދެ ޕޮއިންޓުގެ ލީޑެކެވެ. އެގޮތުން ޔުނައިޓެޑަށް ކުޅުނު 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓާއެކުއެވެ. އަދި 18 މެޗުން 34 ޕޮއިންޓާ ލިވަޕޫލް ހަތަރުވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 18 މެޗުން ވަނީ 35 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލީ އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. މިއީ ޕްރިމިއާ ލީގުގައި ސްޓޯންސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާނެވެ.

މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސްޓޯންސްއެވެ. އަދި އޭގެ ފަހުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ރަހީމް ސްޓާލިން ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލިއިރު، މި މެޗުން ބަލިވި ޕެލަސް އޮތީ ތާވަލުގެ 13 ވަނައިގައި 19 މެޗުން 23 ޕޮއިންޓާއެކުއެވެ. އަދި ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުން އެ ޓީމު 3-1 ން މޮޅުވިއިރު، ޓޮޓެންހަމް އޮތީ ފަސްވަނައިގައި 18 މެޗުން 33 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު