Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުތަކުގައި ކޭސްތައް ދަނީ އިތުރުވަމުން

ރިސޯޓުތަކުގައި ކޭސްތައް އިތުރުވަނީ، ޓޫރިޒަމް މިނިސްޓްރީއާއެކު ޚާއްސަ މަޝްވަރާތަކަކަށް!

18 ޖެނުއަރީ 2021 | ހޯމަ 04:17

ގިނައިން ޕޮޒިޓިވްވަމުންދަނީ އެރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖެނުއަރީ 2021 | ހޯމަ 04:17
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު، މިރިސޯޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވޭ

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު، މިރިސޯޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވޭ

ރިސޯޓުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ކޮންޓްރޯލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދުވަސްވަރު ރިސޯޓުތަކުން ޕޮޒިޓިވް ކޭސް ފެންނަމުންދާ މިންވަރު އިތުރު ކަމަށާއި، ފާއިތުވި 24 ގަޑިއިރު 28 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއަދަދު ގިނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރިސޯޓުތަކުން ގިނައިން ޕޮޒިޓިވްވަމުންދަނީ އެރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މުވައްޒަފުން މިހާރަށް ވުރެ މާ ބޮޑަށް ސަމާލުވެ، ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

އެގޮތުން އައުޓްބްރޭކް އައިސްފައިވާ ރިސޯޓުތަކާއި، އެހެން ރިސޯޓުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ މިހާރު ބަލި ފެތުރޭ ގޮތް ދެނެގަތުމާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ މަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށެވެ.

ރިސޯޓުތަކުން ފެންނަމުންދާ ކޭސްތައް އިތުރުވަމުންދާތީ މީގެ ކުރިން ވެސް އެޗްއީއޯސީން ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސް ނުބަލާ ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކުޑަކުޑަ ކަމަކަށް ފަރުވާ ކުޑަކުރެވުނު ކަމުގައިވީ ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށާއި، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ 15 ޖުލައި 2020 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ރާއްޖޭގެ ޓޫރިސްޓް ޚިދުމަތް ދޭ ޖުމްލަ 582 ޕްރޮޕަރޓީއެއް ހުޅުވާފައިވެއެވެ. އެއީ 141 ރިސޯޓު، 11 ހޮޓަލްއެއް، 133 ސަފާރީ އަދި 297 ގެސްޓްހައުސްއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2018

ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ

16 ޖުލައި 2018
ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ
01 އެޕްރީލު 2018

ޕީޖީން ވަކިވާ މުވައްޒަފުން އިތުރުވަނީ، މިދިޔަ އަހަރު ވެސް 35 މުވައްޒަފަކު ވަކިވި!

01 އެޕްރީލު 2018
ޕީޖީން ވަކިވާ މުވައްޒަފުން އިތުރުވަނީ، މިދިޔަ އަހަރު ވެސް 35 މުވައްޒަފަކު ވަކިވި!
30 މާރިޗު 2018

ކުއްލި ހާލަތު ނިމުނަސް ޓޫރިޒަމް ދައްކަނީ ބަނަކޮށް!

30 މާރިޗު 2018
ކުއްލި ހާލަތު ނިމުނަސް ޓޫރިޒަމް ދައްކަނީ ބަނަކޮށް!
01 ޖެނުއަރީ 2018

ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް 2018 ވަނަ އަހަރު 100 މިލިއަން ރުފިޔާ

01 ޖެނުއަރީ 2018
ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް 2018 ވަނަ އަހަރު 100 މިލިއަން ރުފިޔާ
12 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެ: ޓޫރިޒަމް

12 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެ: ޓޫރިޒަމް
03 ނޮވެމްބަރު 2017

ހާމިދު އިސްމާއިލަށް ދީފައި އޮތް ފަޅެއް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ލައިފި!

03 ނޮވެމްބަރު 2017
ހާމިދު އިސްމާއިލަށް ދީފައި އޮތް ފަޅެއް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ލައިފި!
26 އޮކްޓޯބަރު 2017

ރައީސް ޔާމިންގެ ވިސްނުންފުޅަކީ ލޯންޗެއްގައި 30 މިނެޓުން ދެވޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އޮތުން: ޓޫރިޒަމް މިނިސްޓަރ

26 އޮކްޓޯބަރު 2017
ރައީސް ޔާމިންގެ ވިސްނުންފުޅަކީ ލޯންޗެއްގައި 30 މިނެޓުން ދެވޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އޮތުން: ޓޫރިޒަމް މިނިސްޓަރ
09 ޖޫން 2017

ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!

09 ޖޫން 2017
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް