Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލް

ޕީޖީން ވަކިވާ މުވައްޒަފުން އިތުރުވަނީ، މިދިޔަ އަހަރު ވެސް 35 މުވައްޒަފަކު ވަކިވި!

1 އެޕްރީލު 2018 | އާދީއްތަ 08:27

ވަކިވި މުވައްޒަފުންގެ ތެރޭގައި ގިނައީ ލޯޔަރުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 އެޕްރީލު 2018 | އާދީއްތަ 08:27
ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ

ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަކިވާ މުވައްޒަފުންގެ އަދަދު އިތުރު ވަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް އަމިއްލައަށް އެދިގެން އެ އޮފީހުން ވަކިވި މުވައްޒަފުންނާއި ވަކިކުރި މުވައްޒަފުންގެ އަދަދު 35 އަށް އަރައިފި އެވެ.

ނުފޫޒެއް ނެތި މިނިވަންކަމާއެކު، މަސައްކަތް ކުރަންޖެހޭ ޕީޖީ އޮފީހަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް، އެ އޮފީހުން އެންމެ ގިނައިން ވަކިވެފައިވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކަށް ވަކާލާތު ކުރުމަށް ވަޑައިގަންނަވާ ގާނޫނީ ވަކީލުންނެވެ. އެގޮތުން ޕަބްލިކް ޕްރޮސެކިއުޓަރުންގެ މަގާމު އަދާކުރި ލޯޔަރުންނާއި ކޭސް އޮފިސަރުންގެ ގޮތުގައި ވެސް މިދިޔަ އަހަރު 17 އަށް ވުރެ ގިނަ ވަކީލުން އެ އޮފީހުގެ ވަޒީފާއިން ވަކިވެފައިވެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެ އޮފީހުން މިދިޔަ އަހަރު ވަކިވި 35 މުވައްޒަފުންގެ ތެރެއިން، އަމިއްލަ އަށް އެދިގެން 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، އަމިއްލައަށް ވަކިވި މުވައްޒަފުންގެ ނިސްބަތް އިތުރެވެ. 2016 ވަނަ އަހަރު އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންގެ އަދަދަކީ 11 އެވެ. ޕީޖީ އޮފީހަށް ގެއްލުންވެދާނެތީ މިދިޔަ އަހަރު ދެ މުވައްޒަފަކު ވަކިކޮށްފައި ވާއިރު، ކުށެއްގެ ތުހުމަތާ ގުޅިގެން 2016 ވަނަ އަހަރު އެ އޮފީހުން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ޖިނާއީ ކުށްތަކުގެ ދައުވާކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި މުއައްސަސާގެ މިނިވަންކަމާމެދު ސުވާލު އުފައްދައި އެ އޮފީހުން ވަކިވަމުންދާ މުވައްޒަފުން އިތުރުވަމުން ދާއިރު، އެ އޮފީހުގެ ވަޒީފާއަށް އަލަށް ނަގާ މުވައްޒަފުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ޕްރޮސެކިއުޝަންގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރު 28 ލޯޔަރަކަށް ވަޒީފާ ދީފައިވާއިރު، ޖުމްލަ 59 މުވައްޒަފަކު އެ އޮފީހުގެ ވަޒީފާއަށް ވަނީ ނަގާފައެވެ. ޕީޖީ އޮފީހުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 162 އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ހުންނެވުމަށްފަހު، ޕީޖީގެ މަގާމަށް ވަޑައިގެންނެވި އައިޝަތު ބިޝާމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، އެކަމަނާ ރައީސް އޮފީހުން ނުކުމެވަޑައިގަންނަވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

ޕީޖީގެ ސުލޫކީ މިންގަނޑާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް މަސްއޫލިއްޔާތު އަދާ ކުރުމުގައްޔާއި ބާރުތައް ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ޕީޖީ ވެގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް