Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ

16 ޖުލައި 2018 | ހޯމަ 17:34

ވޯޓު ފޮށި ބަހައްޓަނީ 250 މީހުން އެ ރިސޯޓެއްގައި ރަޖިސްޓްރީ ކުރުމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 16 ޖުލައި 2018 | ހޯމަ 17:34
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް

އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް

ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބެހެއްޓޭ ވަރު މަދު ކުރީ މިފާއިތުވެދިޔަ ފަހަރު ތަކުގައި ބައެއް ރިސޯޓުތަކުން ވޯޓުލުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށާއި މިބަދަލު ގެނައި ނަމަވެސް ރިސޯޓްތަކުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅީ ވޯޓުލުމަށް ކުރިން އިން މިންގަނޑު ބަދަލު ވުމުގެ ސަބަބުން ކަމަށެވެ. މިފާއިތުވެދިޔަ އަހަރުތަކުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ 100 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގައި މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓަން ކަނޑައަޅާފައި ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ސީލިންގ ބޮޑު ކުރުމަށް ނިންމީ މިފާއިތުވެދިޔަ އިންތިހާބުތަކުގައި ކަންކަން ކުރިމަތިވި ގޮތުން. މިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓުލުން ފެށުން ފަހުން ބައެއް ރަށްރަށުގައި ވޯޓު ފޮށި ހުރި ތަން ބަދަލު ކުރަން ޖެހުން ފަދަ ކަންކަން ކުރިމަތިވި."

އަކްރަމް ވިދާޅުވީ މިބަދަލު ގެނެވުނު ނަމަވެސް ވޯޓުލުމަށް އެއްވެސް ރައްޔިތަކަށް ހުރަހެއް ނެތް ކަމަށާއި ރިސޯޓުތައް ކައިރީގައި އޮންނަ ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އަދި ރިސޯޓުތަކުން އެފަދަ ރަށްރަށަށް ދިއުމުގައި ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ. އެގޮތުން ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އާއި ސަން އައިލެންޑް ރިސޯޓާއި ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓު އާއި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ހިމެނެއެވެ.

ރިސޯޓުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތައް މަދު ކުރުމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ މިއީ ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހަނި ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖުލައި 2018

ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް މަދުކުުރުމުން ބޮޑު މުޒާހަރާ އަކަށް ގޮވާލަން ޖެހޭ: ދިޔާނާ

17 ޖުލައި 2018
ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް މަދުކުުރުމުން ބޮޑު މުޒާހަރާ އަކަށް ގޮވާލަން ޖެހޭ: ދިޔާނާ
17 ޖުލައި 2018

200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ، އެކަމަކު ރިސޯޓުތަކުގައި ނުބެހެއްޓޭ!

17 ޖުލައި 2018
200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ، އެކަމަކު ރިސޯޓުތަކުގައި ނުބެހެއްޓޭ!
16 ޖުލައި 2018

ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ގޮވާލަން: ފައިސަލް

16 ޖުލައި 2018
ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ގޮވާލަން: ފައިސަލް
30 މެއި 2018

ފުލުހުން ވޯޓު ފޮށިތައް ގެންދިއުމުން ވޯޓުލުން ސިމެންތި ގަށާ މެޝިނުގައި

30 މެއި 2018
ފުލުހުން ވޯޓު ފޮށިތައް ގެންދިއުމުން ވޯޓުލުން ސިމެންތި ގަށާ މެޝިނުގައި
29 މެއި 2018

އެމްޑީޕީ ޕްރައިމަރީ: ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިއުލާންކޮށްފި

29 މެއި 2018
އެމްޑީޕީ ޕްރައިމަރީ: ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިއުލާންކޮށްފި
12 މެއި 2018

އެމްޑީޕީ ޕްރައިމަރީގައި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފި

12 މެއި 2018
އެމްޑީޕީ ޕްރައިމަރީގައި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފި
13 ޖެނުއަރީ 2018

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އާ ސްކޫލްގެ ސީލިންގް ވެއްޓިއްޖެ

13 ޖެނުއަރީ 2018
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އާ ސްކޫލްގެ ސީލިންގް ވެއްޓިއްޖެ
18 ޑިސެމްބަރު 2017

ސީލިންގެ ބައެއް ވެއްޓުމުން ގައްދޫ ކޯޓުގެ ޝަރީއަތްތައް ހުއްޓިއްޖެ

18 ޑިސެމްބަރު 2017
ސީލިންގެ ބައެއް ވެއްޓުމުން ގައްދޫ ކޯޓުގެ ޝަރީއަތްތައް ހުއްޓިއްޖެ
02 ނޮވެމްބަރު 2017

ގާޒީ ބިލްޑިންގެ ސީލިންގުން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

02 ނޮވެމްބަރު 2017
ގާޒީ ބިލްޑިންގެ ސީލިންގުން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
06 މެއި 2017

ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި

06 މެއި 2017
ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް