Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުގެ ދިރުންތައް ހިމާޔަތްކުރުން

ކަނޑުގެ ދިރުންތަކަށް ގެއްލުން ނުވާގޮތައް "މޫރިންގ ސިސްޓަމް"ތައް ފަރުމާކުރުމަށް އިލްތިމާސްކޮށްފި

17 ޖެނުއަރީ 2021 | އާދީއްތަ 07:29

އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތައް ވަނީ ހިމާޔަތްކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 17 ޖެނުއަރީ 2021 | އާދީއްތަ 07:29
އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތައް ވަނީ ހިމާޔަތްކޮށްފައި - ފޮޓޯ: އެންވަޔަރުމަންޓް މިނިސްޓްރީ

އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތައް ވަނީ ހިމާޔަތްކޮށްފައި - ފޮޓޯ: އެންވަޔަރުމަންޓް މިނިސްޓްރީ

އުޅަނދު ފަހަރު އެޅުމަަށްޓަކައި، ވައު އަޅާއިރު ކަނޑުގެ ދިރުންތަކަށް ގެއްލުން ނުވާގޮތަށް "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އީޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން މިފަދައިން ބުނެފައި މިވަނީ، މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާތީއެވެ.

މި މަސައްލައާ ގުޅިގެން އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 16 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށް، އެކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެއިން ފެންނަ އެންމަޑީގެ ދެބާވަތަކީ އިންޓަރ ނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗަރ ކަމުގައި ވާއިރު މި ދެބާވަތަކީ އައި.ސީ.ޔޫ.އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތަކެއްކަން އީޕީއޭއިން ފާހަގަކުރެއެވެ. މިފަހަކަށް އައިސް، އުޅަނދުފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަމަށް އީޕީއޭއިން ބުނެފައެވެ.

އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އިޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގޤްތިޞާދީ ގޮތުން މުހިންމު ދިރުންތަކަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ އޭޖެންސީއިން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

04 އެޕްރީލު 2017
ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ
31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
29 މާރިޗު 2017

އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

29 މާރިޗު 2017
އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް