Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ޕޮޒިޓިވްވި މީހުންގެ އަދަދު މައްޗަށް، މިއަދު އެކަނިވެސް 87 މީހުން ޕޮޒިޓިވްވި، ގިނައީ ރިސޯޓުތަކުން

މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 30 މީހުން

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖެނުއަރީ 2021 | ހޮނިހިރު 17:24
ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް

ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް

ކޮވިޑް-19 އަށް އިތުރު 87 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 3،331 މީހެއްގެ ގައިން ކޮވިޑްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި އޭގެ ތެރެއިން 87 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހޮނިހިރު ދުވަހު އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުންމާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 30 މީހުންނެވެ. އަދި އަތޮޅު ތެރެއިން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 41 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހު ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވްވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށެވެ. އަދި އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީ ރިސޯޓުގެ ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިތުރު 87 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14462ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 901 އަރާފައިވާއިރު، 68 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް 13،505 މީހުން ބަލިން ފަސޭހަވެފައިވާއިރު، 49 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު