Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ގާޒީ ސްކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ދަރިވަރަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

ރަސްމީކޮށް ސްކޫލްތައް ހުޅުވީ މި މަހު 10 ގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2021 | ހޮނިހިރު 14:17
ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލް

ހުޅުމާލެ ގާޒީ ސްކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ދެ ސްކޫލުން ވެސް ޕޮޒިޓިވް ކޭސްތަކުގެ މައުލޫމާތު ހިއްސާކުރީ މިއަދު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން އަލަށް ކޮވިޑް-19 ފެނުމާއެކު މިދިޔަ އަހަރުގެ މާޗް މަހު ސްކޫލްތައް ބަންދުކުރުމަށް ފަހު ސްކޫލުތައް ރަސްމީކޮށް ހުޅުވީ މި މަހުގެ 10ގަ އެވެ. ޖަމާލުއްދީން އާއި ގާޒީ އިން ކޭސްތަކެއް ފެނިފައިވާއިރު މިއީ ސްކޫލް ހުޅުވުނު ފަހުން މިވީ ހަ ދުވަސް ތެރޭގައި ސްކޫލްތަކުން ރިޕޯޓުކުރި ތިން ވަނަ ކޭސް އެވެ.

މީގެ ކުރިން އަމީނިއްޔާ އިން ވެސް ޓީޗަރަކު ޕޮޒިޓިވްވެފައިވާއިރު އެ ކްލަސްޓާގައި ވެސް ސްކޫލުގެ އެއްވެސް ދަރިވަރަކު ނުހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ ގާޒީ ސްކޫލުން ޕޮޒިޓިވްވީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވާދޭ ޓީޗަރެއް ކަމަށެވެ. އެ ކޭސްގެ 12 ކޮންޓެކްޓެއް މިހާތަނަށް ފެނިފައިވާ ކަމަށާއި އެއީ ހުސް ޓީޗަރުން ކަމަށް ވެސް ބުންޏެވެ. އަދި އެ އެންމެވެސް މިހާރު އެކަހެރިކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރަށް ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވްވީ ގްރޭޑް 9ގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށާއި އެ ކޭސްގެ ހަތަރު ކޮންޓެކްޓެއް ފެނިފައިވާ ކަމަށް ބުންޏެވެ. އަދި އެއީ ސްކޫލުގައި ކިޔަވާ ދަރިވަރުން ކަމަށް ވެސް އެޗްޕިއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ މި ކޭސްތަކާ ގުޅޭ ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

މި ދެ ކޭސްގެ އިތުރަށް ބިލަބޮންގް އިންޓަރނޭޝަނަލް ސްކޫލުގައި ކިޔަވާ އެއް އާިލާއެއްގެ ހަތަރު ދަރިވަރުން ޕޮޒިޓިވްވެފައިވާއިރު އެޗްޕީއޭއިން ބުނީ އެ ހަތަރު ދަރިވަރުން ވެސް ކޮންޓެކްޓް ޓްރޭސިން މުއްދަތުގައި ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެންވެ ސްކޫލުން އެ ދެކުދިންގެ އެއްވެސް ކޮންޓެކްޓެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު