Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއު

ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން އާލަތްތައް ވަނީ ގެންގޮސްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2021 | ހޮނިހިރު 06:46
ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ

ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.

Advertisement - newsAdvertisement

އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން އާލަތްތައް ގެންގޮސްފައިވާ ކަމަށާއި، މިހާރު ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމް ގާއިމް ކުރުމަށް، ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން 11.8 ކިލޯ މީޓަރުގެ ދިގު ފެނުގެ ނެޓްވޯކެއް ގާއިމްކުރާނެ ކަމަށާއި، އާރުއޯ ފެސިލީޓީ ބިލްޑިން ގާއިމްކުރުމާއި ފެން އުފެއްދުމާއި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް 200 ޓަނުގެ ދެ ތާންގީ ބެހައްޓާނެ ކަމަށެވެ. އެމްޑަބްލިޔުއެސްސީން ބުނީ ގެތަކުގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ބޯފެން ފޯރުދޭނެ ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ އެރަށުގައި 7.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމް ކުރާނެ ކަމަށާއި، 700 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓް ފްލޯއެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެނާއި ނަރުދަމާ ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހެއް ނިންމޭނެ ކަމަށާއި، މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ކަމަށް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިމަޝްރޫއުގެ މަސައްކަތް ނިމުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، ރައްކާތެރި ބޯފެން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއަށް 36.4 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، 22 މަސް ދުވަހުން މަސައްކަތް ނިންމަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ތިން ރަށެއްގެ ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައެއް އޭސީސީ އަށް

ތިން ރަށެއްގެ ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައެއް އޭސީސީ އަށް

26 ޖޫން 2017
ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

22 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

10 ޖޫން 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު