Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުތަކުގައި ކޭސްތައް ދަނީ އިތުރުވަމުން

ރައްކާތެރިވުމަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކަށް ބައެއް ރިސޯޓުތަކުން ހިލާފުވަމުންދޭ: ޑރ.ނަޒްލާ

16 ޖެނުއަރީ 2021 | ހޮނިހިރު 04:57

ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓު ނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖެނުއަރީ 2021 | ހޮނިހިރު 04:57
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ

ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކަށް ބައެއް ރިސޯޓުތަކުން ހިލާފުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކުން މިހާރު ޕޮޒިޓިވްވާ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، އިހުމާލުގެ ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓު ނުކުރާ ކަމަށެވެ. އަދި ބަލީގެ ކިތަންމެ ކުޑަ އަލާމާތެއް ފެނުނު ކަމުގައިވީ ނަމަވެސް އެމީހަކު އައިސޮލޭޓްކޮށް ސާމްޕަލް ނަގާ ޓެސްޓު ކުރަންޖެހޭކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުއައްޒަފުން ކަރަންޓީން ވާން ޖެހޭ ކަމަށެވެ. ނަމަވެސް ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާ ކަމަށެވެ. އަދި ސްޓާފުންގެ އޭރިޔާގައި އުޅޭއިރު، މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ނުހުންނަކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ކުޑަކުޑަ ކަމަކަށް ފަރުވާ ކުޑަކުރެވުނު ކަމުގައިވީ ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގާދާނެ ކަމަށާއި، ގައިޑްލައިންތަކާއި ހިލާފުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބައެއް ރިސޯޓުތަކުން ގައިޑްލައިންއާ ހިލާފުވި ނަމަވެސް އަނެއްބައި ރިސޯޓުތަކުން ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާކަން ވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު ގިނަކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ފަތުރުވެރިން މިހާރު އަންނަމުން ދާ ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް ޕޮޒިޓިވްވި ނަމަވެސް ގިނަ ބަޔަކު ބައްޔަށް ހުށަހެޅިގެން ނުދާ ކަމަށެވެ. އެއީ އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމުގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް