Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއަށް އަންނަ ފަތުރުވެރިން

ފުރަތަމަ ދެ ހަފްތާ ނިމުނު އިރު 40،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފި

ފާއިތުވި އަހަރުގެ މި މުއްދަތުގައި 77654 ފަތުރުވެރިން ރާއްޖެ އައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2021 | ހުކުރު 16:57
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ

މި އަހަރުގެ ފުރަތަމަ ދެ ހަފްތާ ނިމުނު އިރު ރާއްޖެ އަށް 40،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް 40,426 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 77,654 ފަތުރުވެރިންނާއި އަޅާބަލާއިރު، 47.9 އިންސައްތަ ދަށް އަދަދެކެވެ.

Advertisement - businessAdvertisement

މީގެ އިތުރުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,888 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު 4195 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން ޖެނުއަރީ 13 ވަނަ ދުވަހުގެ ނިޔަލަށް 10,002 ފަތުރުވެރިން ރަޝިއާއިން ރާއްޖެ އައިސްފައިވާ އިރު، މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ 24.7 އިންސައްތައެވެ.

މިހާރު ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ އަވައްޓެރި އިންޑިއާ އިންނެވެ. އެގައުމުން 5,727 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން ޔޫކްރެއިން، ކަޒަކަސްތާން، ރޯމާނިއާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. މި ލިސްޓުގައި އެމެރިކާ އަދި ސްވިޒަލޭންޑްވެސް ހިމެނެއެވެ.

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 582 ޓޫރިސްޓު ފެސިލިޓީއެއް މިހާރު ހުޅުވާފައިވާ އިރު، މި ފެސިލިޓީތަކުގައި 42,300 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ 141 ރިސޯޓްގައި 32,636 އެނދު، 11 ހޮޓެލް ގައި 1,458 އެނދު، 133 ސަފާރީއެއްގައި 2,576 އެނދު އަދި 297 ގެސްޓް ހައުސްގައި 5,630 އެނދެވެ.

މިވަގުތު ރާއްޖެއަށް 26 އިންޓަނޭޝަނަލް އެއަރލައިނަކުން ދަތުރުކުރާއިރު، ފާއިތުވި އަހަރު ނިމުނު އިރު ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު