Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް: ޚުތުބާ

އަމިއްލަ ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދުކޮށްގެން މެނުވީ ސުވަރުގެ ނުހޯދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖެނުއަރީ 2021 | ހުކުރު 10:54
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުންފުރިފައިވާ މަގެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ސުވަރުގޭގެ މަތިވެރި ނިއުމަތްތައް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި، މުންކަރާތްތަކާއި، ފާހިޝް އަމަލުތަކާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއް ކަމަށެވެ.

އެހެންކަމުން އެސުވަރުގެ ހޯދުމަށް ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ފާހަގަކޮށް ޚުތުބާގައި ބުނީ ޝައިތާނާގެ ކެހިވެރިކަމުގައި ޖެހިގެން ނުވާނެ ކަމަށާއި، ދުންޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާޚިރަތުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ޚުތުބާގައި ބުނީ ސުވަރުގެ ދިއުމުގެ މަގަކީ ތިމާގެ އަމިއްލަ ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދުކޮށްގެން މެނުވީ، ހޯދޭނެ މަގެއް ނޫން ކަމަށާއި، މުދަލާއި ފުރާނައިން އެތަކެއް ގުރުބާނީއެއްވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫން ކަމަށެވެ.

ޚުތުބާގައި ބުނީ މި ދުނިޔޭގެ ނިއުމަތްތަކަކީ ވަގުތީ އެއްޗެއް ކަމަށާއި، އެއީ އަގެއްނެތް، މަދު މިންވަރެއް ކަމަށެވެ. ނަމަވެސް ރެއާއި ދުވާލު، ޙަރާމެއް، ޙަލާލެއް ބެލުމެއް ނެތި، ދީނީ ވާޖިބުތަކަށް ސަމާލުކަމެއް ނުދީ، މީސްތަކުން އަވަދިނެތި އުޅެނީ، ފަނާވަނިވި މި ދުނިޔޭގެ ވަގުތީ އަރާމާއި ލައްޒަތު ހޯދުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ސުވަރުގެ އަކީ ނިއުމަތްތަކުން ފުރިގެންވާ ތަނެއް ކަމަށާއި، ސުވަރު ގޭގެ ނިއުމަތްތައް ލިބޭހުށީ، ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާ މީހުންނަށާއި، ﷲ އަށް ބިރުވެތިވެ، މާތް ނަބިއްޔާއަށް ތަބާވާ މީހުންނަށެވެ. އަދި މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސް ނަމާދު އަދާކޮށް، ޒަކާތް ދީ، ރޯދަ ހިފައި، ޞާލިޙު އަމަލު ކުރާ މީހުންނަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ސުވަރުގެވަނުމަށް އޮތް މަގަކީ ކިތައްމެ އުނދަގޫ މަގެއް ކަމުގައި ވިޔަސް، މުއުމިނު އަޅާއަށް ދިމާވާ ހުރަސްތައް، އޭނާ ގިރާކުރާނެ ކަމަށާއި، ﷲ ގެ ރަޙްމަތަށް އުއްމީދު ކުރާނެ ކަމަށެވެ.

އެހެނީ އެކަލާނގެ ރަޙްމަތް ވަނީ ތަނަވަސްވެގެން ކަމަށާއި ސުވަރުގެ ވައްދަވާ މީހުންގެ ތެރެއިން އެންމެ ގިނަވާނީ މުޙައްމަދުގެފާނުގެ އުއްމަތުގެ މީހުން ކަމުގައި، ކީރިތި ރަސޫލާ ބަޔާން ކުރެއްވުމަކީ، ސުވަރުގެ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ލިބޭ ހިތްވަރަކަށްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!

27 ނޮވެމްބަރު 2017
ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!
27 ނޮވެމްބަރު 2017

އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މައްސަލަ ކޯޓުން ބަލައިގަނެފި

27 ނޮވެމްބަރު 2017
އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މައްސަލަ ކޯޓުން ބަލައިގަނެފި
05 އޮކްޓޯބަރު 2017

ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު

05 އޮކްޓޯބަރު 2017
ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު
04 އޯގަސްޓު 2017

މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ

04 އޯގަސްޓު 2017
މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ
22 ޖުލައި 2017

ގާސިމް ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

22 ޖުލައި 2017
ގާސިމް ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ
10 ޖުލައި 2017

25 މެމްބަރެއްގެ ގޮނޑި ގެއްލިގެން ދިއުމުގެ ބިރު!

10 ޖުލައި 2017
25 މެމްބަރެއްގެ ގޮނޑި ގެއްލިގެން ދިއުމުގެ ބިރު!
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
07 ޖޫން 2017

ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ގްރޫޕަކަށް

07 ޖޫން 2017
ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ގްރޫޕަކަށް
21 މެއި 2017

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

21 މެއި 2017
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި
11 އެޕްރީލު 2017

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

11 އެޕްރީލު 2017
މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު